ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 03:28
ދުނިޔެއިން ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ޖަނަވާރުންގެ \"ރަތް ލިސްޓު\" ގައި ހިމެނޭ ނުބިއަން ޖިރާފް
ދުނިޔެއިން ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ޖަނަވާރުންގެ "ރަތް ލިސްޓު" ގައި ހިމެނޭ ނުބިއަން ޖިރާފް
ގޫގުލް
ޖިރާފް
އެންމެ ފަހުން ޖިރާފްވެސް ދުނިޔެއިން ނެތިދާނެކަމުގެ ބިރުހީވެފައިވާ ޖަނަވާރުންގެ ލިސްޓުގެ ކުރިއަށް!
މައިގަނޑު 9 ބާވަތެއްގެ ޖިރާފު އުޅޭ
ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި އާބާދީ ވަނީ 40 އިންސައްތައަށް ދަށްވެފައި
އެއް ޤައުމުތަކުން މި ޖަނަވާރުގެ މަސް ވަރަށް އަގުބޮޑުކޮށް ވިއްކާ

ޖިރާފަކީވެސް ދުނިޔެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ "އެންޑޭންޖަރޑް" ޖަނަވާރުންގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައިޔޫއެންސީ) އިން އާންމު ކުރި ރިޕޯރޓެއްގައި ވާގޮތުން މައިގަނޑު 9 ބާވަތެއްގެ ޖިރާފުގެ ތެރެއިން ދެ ބާވަތެއްގެ ޖިރާފް ވަނީ ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ޖަނަވާރުންގެ ލިސްޓުގައި ހިމަނާފައެވެ. އެގޮތުން މި ދެ ބާވަތުގެ ޖިރާފުގެ އާބާދީ ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ވަނީ 40 އިންސައްތައަށް ދަށްވެފައެވެ. އޭގެ ސަބަބެއް ކަަމަށް ބަޔާންކޮށްފައިވަނީ އިންސާނުންގެ ސަބަބުން އެސޮރުމެންގެ ވެށި ހަލާކުވެފައިވުމެވެ.

ޖިރާފުގެ ނުވަ ވައްތަރު

ޖިރާފުގެ ނުވަ ވައްތަރެއް އުޅޭއިރު، އޭގެ ތެރެއިން މި ލިސްޓުގައި ހިމެނިފައިވަނީ "ކޯރޑޮފާން ޖިރާފް" އާއި "ނުބިއަން ޖިރާފް" އެވެ. އަދި މި ދެ ބާވަތުގެ ޖިރާފުވެސް ވަނީ ދުނިޔެއިން ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ޖަނަވާރުންގެ "ރަތް ލިސްޓު" ގައި ހިމެނިފައެވެ.

ދުނިޔެއިން ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ޖަނަވާރުންގެ "ރަތް ލިސްޓު" ގައި ހިމެނޭ ކޯރޑޮފާން ޖިރާފް

އޭގެ އިތުރުންވެސް ޖިރާފުގެ އިތުރު ބާވަތްތައް މި ލިސްޓަށް އިތުރުވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުން މި ޖަނަވާރުގެ މަސް ވަރަށް އަގުބޮޑުކޮށް ވިއްކާކަމަށް އައިޔޫއެންސީ އިން ބުނެއެވެ. އެގޮތުން ފާއިތުވި 10 ވަރަކަށް އަހަރަށް އެކަނި ބަލާލި ނަމަވެސް އެތައް ހާހަކަށް އެމެރިކާއަށް ޖިރާފުގެ މަސް އިމްޕޯރޓް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް