ސްޓަރ ޕްލަސްއިން ދެއްކި ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ތަރި ހީނާ ޚާން އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މިއީ ހީނާ މިއަހަރު ތެރޭ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި ދެވަނަ ފަހަރެވެ. މިފަހަރު ހީނާ ހުރީ ކުރުނބާ މޯލްޑިވްސް ގައެވެ. ހީނާ އަންނަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތް އޭނާގެ ފޭނުންނަށްއިންސްޓަރގްރާމްމެދުވެރިކޮށް ހިއްސާކުރަމުންނެވެ.
މިފަހަރު ހީނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އާއެކުއެވެ. މިއަހަރު ކުރީކޮޅު އޭނާ ރާއްޖެ އައީ އާއިލާއެކު ޗުއްޓީ ހޭދަކުުރުމަށެވެ.
ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ އިން ހީނާ ފެނުމަށްފަހު ބެލުންތެރިންގެ މެދުގައި މަގްބޫލު ރިއަލިޓީ ޝޯވ ބިގްބޮސް އިންވެސް ހީނާ ވަނީ ފެނިގެންގޮސްފަ އެވެ. އަދި އޭގެ ފަހުން ސްޓާރ ޕްލަސް އިން ދައްކަމުންދާ ކަސޯޓީ ޒިންދަގީކީ ގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންވެސް ހީނާ ވަނީ ފެނިގެންގޮސްފަ އެވެ.
ހީނާ ވަނީ ދާދިފަހުން ބޮލީވުޑްގެ ފިލްމެއްވެސް ކުޅެފައެވެ.