Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 06:00
ޝަހީބު: ބްރޯޑް ކޮމްގެ ރައީސް
ޝަހީބު: ބްރޯޑް ކޮމްގެ ރައީސް
މިހާރު
އިންތިޚާބު ކަވަރ ކުރުން
ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި
އެންޓި ކެމްޕެއިން ކަމަށް ބެލެވޭ އެއްޗެއް ބްރޯޑްކާސްޓް ކުރުން މަނާ

ލޯކަލް ކައުންސިލް އިންތިހާބުގެ ކަވަރޭޖު ގެނެސްދިނުމުގައި ބްރޯޑްކާސްޓަރުން އަމަލު ކުރަންވީ ގޮތުގެ އުސޫލެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ކެންޑިޑޭޓުންނާ ގުޅުން ހުރި ހަބަރާއި މައުލޫމާތު ގެނައުމުގައި އަސްލެއް ނެތް ނުވަތަ އެންޓި ކެމްޕެއިން ކަމަށް ބެލެވޭ އެއްވެސް ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްގެން ނުވާނެއެވެ.

ހަމަހަމަކަމާއެކު ހުރިހާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމަށް އެ ސާކިއުލާގައި ގޮވާލާފައިވެ އެވެ. އަދި ބްރޯޑްކާސްޓަރުން މިނިވަން، އިންސާފުވެރި އިންތިހާބަކަށް ބުރޫއަރާފާނެ އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އަބުރު ރައްކާތެރިކުރުމާއި، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމް ކުރާ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތަށް އަމަލުކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.

ބްރޯޑްކޮމް އިން ބުނެފައިވަނީ އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓަރުން ފޮނުވާ އެންމެހައި ކޮންޓެންޓެއްމެ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި 'އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ' އެއްގޮތަށް ބެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން އިލްތިމާސް ކުރާކަމަށެވެ.

އެކޮމިޝަނުން ބުނެފައިވަނީ، ސިޔާސީ ގޮތުން ވާދަވެރިކަން އޮތް މި ދުވަސްވަރު އިންތިހާބާ ބެހޭ ކަންތައްތަކުގައި ސައްހަ އަދި ތެދު މައުލޫމާތު ގެނެސްދިނުމަކީ އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް