ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 16:55
ކުރިން ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 70 ރުފިޔާއަށް
ކުރިން ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 70 ރުފިޔާއަށް
މުހައްމަދު ޝަރުހާން
ފިޔާ އަގުހެޔޮ ކުރުން
އެސްޓީއޯއިން ފިޔާގެ އަގުހެޔޮކޮށްފި
ފިޔަލުގެ އަގުބޮޑުވީ އިންޑިއާއަށް ކުރަމުންދިޔަ ވިއްސާރައިގައި ދަނޑުތައް ހަލާކުވުމުން
އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް އެއާފްރެއިޓްކޮށް ވަނީ ގެނެސްފައި
ކުރިން ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 70 ރުފިޔާއަށް

އަވައްޓެރި އިންޑިއާއަށް ކުރަމުންދިޔަ ވިއްސާރައާއި ގުޅިގެން ދަނޑުތައް ހަލާކުވުމުގެ ސަބަބުން ބާޒާރުގައި ފިޔާގެ އަގުބޮޑުވެފައި ވަނިކޮށް އެސްޓީއޯއިން ފިޔާ ކިލޯއެއްގެ އަގު ހެޔޮކޮށްފިއެވެ.

އެކަމާގުޅޭގޮތުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއިން ފިޔާ އެކްސްޕޯރޓް ކުރުން ހުއްޓާލުމާއި ގުޅިގެން ބާޒާރުގައި ފިޔާ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުގެ ދަށުން އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް އެއާފްރެއިޓްކޮށް ގެނެސްފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ، ބާޒާރުގައި ފިޔާގެ އަގު މާބޮޑަށް މައްޗަށް ދިއުމާއި ގުޅިގެން އެސްޓީއޯއިން އެއަރ ފްރެއިޓްކުރި ޝިޕްމަންޓްގެ ފިޔާ އެސްޓީއޯ ސުޕަރމާޓުން ވިއްކަން ފަށާފައިވާ ކަމަށާއި، އެސްޓީއޯ ސުޕަރމާރޓުން 40 ރުފިޔާ އަށް ފިޔާ ކިލޯއެއް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯއިން ފިޔާގެ އަގުހެޔޮ ކުރުމުގެ ކުރިން ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުރީ 70 ރުފިޔާއަށެވެ. އަދި ބައެއް ފިހާރަތަކުން ފިޔާ ހުސްވެފައިވާއިރު ފިޔާ ބަސްތާއެއްގައި އަގު އުޅެނީ 1200 ރުފިޔާއަށެވެ.

އެންމެ ފަހުން ރާއްޖޭގައި ފިޔާގެ އަގު ބޮޑުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އޭރު ފިޔާ ބަސްތާއެއްގެ އަގު 1،200ރ އަށް ވެސް އެރިއެވެ. ނަމަވެސް 21 އޮކްޓޯބަރުން ފެށިގެން ކިލޯއެއްގެ އަގު 20ރ އަށް ވެއްޓުނެވެ.

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބާޒާރަށް ފިޔާ ނެރެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެ، ފިޔަލުގެ އަގު ވަނީ ބޮޑުވެފައެވެ. އިންޑިއާގައި މިހާރު ފިޔާ ކިލޯއެއް ވިއްކަމުންދަނީ 165 އިންޑިއާ ރުޕީސް (35.92 ދިވެހި ރުފިޔާ) އަށެވެ.

- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 17:59
ރާއްޖެމީހާ
ހާދަ އަގު ހެވޭ!!! 40 ވިއްޔަ.