Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 19:56
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި
ރިޔާޒު ވަނީ މީގެކުރިންވެސް މަޖިލީހުގެ ތަޅުމުގައާއި ޓްވިޓަރ މެދުވެރިކޮށް ނުރުހުން ފާޅުކުރައްވާފަ

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނަށް ބޮޑު ކޮށްފައިވާ އެލަންވަންސް ނުދޭ ސަބަބު އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، މިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރުއަށް ލިޔުމުން ފޮނުއްވައިފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ލެޓަރހެޑްގައި ރިޔާޒު ފޮނުވާފައި ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ "2017 ޖެނުއަރީ މަހުން ފެށިގެން ފުލުހުންނަށް ލިބެމުންދާ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުން ނިންމެވުމަށްފަހު، އެއަށް އަމަލު ނުކުރައްވަނީ ކީއްވެގެންތޯ" އެވެ.

 

ރިޔާޒު ވަނީ ފުލުހުންނަށް ބޮޑު ކުރި އެލަވަންސް ނުދޭ މައްސަލާގައި މީގެކުރިން މަޖިލީހުގައާއި އޭނާގެ ޓްވީޓަރގައިވެސް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

 

ރިޔާޒަކީ ގިނަ ދުވަހު ފުލުހުންގެ ހިދްމަތުގައި އުޅުއްވި، އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް