ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 17:47
ކޭޝްއިން ކުރުމުގެ ޚިދުމަތް ތައާރަފުކުުރުމުގެ ތެރެއިން
ކޭޝްއިން ކުރުމުގެ ޚިދުމަތް ތައާރަފުކުުރުމުގެ ތެރެއިން
ދިރާގު
ކޭޝްއިން ކުރުމުގެ ޚިދުމަތް
ދިރާގު ޕޭ އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކޭޝްއިން ކުރުމުގެ ޚިދުމަތް ތަޢާރަފުކޮށްފި
މި ތަޢާރަފު ކުރެވުނު ހިދުމަތުގެ ސަބަބުން ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ
މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުވައްސަސާ ތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަޤްބަލުގައި 'ކޭޝްލެސް' މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް
ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދޭ

ދިރާގާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓުތަކަށް ކަސްޓަމަރުގެ ބޭންކިންގ ޕޯޓަލް މެދުވެރިކޮށް ފައިސާ އެޅުމުގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތް ވެގެން ދާނީ މުޅި ރާއްޖޭގައިވެސް އަލަށް ބޭންކަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރި ނުކޮށް ކޭޝް އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ޤާއިމުކޮށްދިން ފުރަތަމަ ފަހަރުކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ސީ. އީ. އޯ. އަދި އެމް. ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ތަޢާރަފު ކުރި މި ޚިދުމަތުގެ ސަބަބުން ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުވައްސަސާ ތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަޤުބަލުގައި 'ކޭޝްލެސް' މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ބޭންކްގެ ސީ. އީ. އޯ އަދި އެމް. ޑި ދިލަން ރާޖަޕަކްސަ ވިދާޅުވީ މި ޕާޓްނަރޝިޕަކީ އެ ބޭންކަށް ޒަމާނީ ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދިނުމުގައި ހާސިލު ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.

ދިރާގު ޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެއެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުޢާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިއުނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތަޢާރަފުކުރި މިޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުޢާމަލާތް ހިންގޭނެއެވެ.

ދިރާގުގެ ޢަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

- ކޮމެންޓް