Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 19:36
ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ރައީސް އޮފީސް
ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ފިރިހެނެއް
ގާބުރިއަކުން ޖަހައި ތަޅާލީ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.

 

މަންޒަރު ދުށް މީހަކު ބުނީ ރައީސް އޮފީހުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ގާބުރިއަކުން ޖަހައި ކަމަށެވެ. އަދި އެ މީހާ ބިއްލޫރިގަނޑާ ދިމާލަށް ގާބުރި އެއްލީ ހުރަވީ ބިލްޑިންގ ކައިރީގައި ހުރެ ކަމަށް ވެސް އެ މީހާ މައުލޫމާތު ދިނެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލަ މިއަދު މެންދުރު 2:30 ހާއިރު ފުލުހުންނަށް ހުށަހަޅުނު ކަމަށާއި އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

 

ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ފުލުހުން ވަނީ ރައީސް އޮފީސް ސަރހައްދު ކޯޑަން ކޮށްފަ އެވެ. އަދި ފޮރެންސިކް ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވެ އެވެ.

 

އެ މީހާ ގޮސް ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލީ ކިހިނެއް ވެގެންކަމެއް ސާފުވާގޮތް ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް