Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 19:33
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
އައިޖީއެމްއެޗުން ދަނީ 24 ގަޑި އިރު ފްލޫ ކްލިނިކް ހިންގަމުން
މެދުކަނޑާލާފައިވަނީ އެމަރޖެންސީ ނޫން ސަރޖެރީތައް

އައިޖީއެމްއެޗުގައި ކުރިއަށްގެންދާ އިމަރޖެންސީ ނޫން ސަޖެރީތަކުގެ ތެރެއިން އައިސީޔޫގައި އެޑްމިޝަން ބޭނުންވާ ސަޖެރީތައް ހޯމަ ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ އެހޮސްޕިޓަލުގެ ބައެއް ސަޖެރީތައް ކުރުން މެދުކަނޑާލި ކަމުގައިވިއަސް އިމަޖެންސީ ދަނޑިވަޅުތަކުގައި ކުރަންޖެހޭ ސާޖެރީތަކާއި އައިސީޔޫގައި އެޑްމިޓް ކުރަންނުޖެހޭ ސާޖެރީތައް ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުން 24 ގަޑިއިރު ފްލޫ ކްލިނިކްގެ ހިދުމަތް ދޭން ފެށުމުން، އެ ހޮސްޕިޓަލުގައި ކުރިއަށްގެންދާ އެމާޖެންސީ ނޫން، އެހެން ނަމަވެސް އައިސީޔޫ ބޭނުން ކުރަންޖެހޭ ސާޖެރީތަށް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ އިރު އެހޮސްޕިޓަލުގައި އަންނަނީ މިހާރުފެތުރެމުންދާ ރޯގާ އާއި ގުޅިގެން، ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހިންގަމުންނެވެ.

ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަރަށް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން، އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ދެ މީހުންވަނީ މަރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް