Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 19:20
ފުލުހުން ހޯދަމުންދާ ދެ މީހުން
ފުލުހުން ހޯދަމުންދާ ދެ މީހުން
ޕޮލިސް
ޕޮލިސް
މާރާމާރީ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާން ކޮށްފި
އެ ދެ މީހުން ހޯދަމުންދަނީ ލ. ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން

ލ.ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

 

ފުލުހުންގެ މީޑިއާއިން ބުނީ މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ލ.ގަން, ތުނޑީ ކުރިބޯށި، އަޙްމަދު ޝަމީމް، 26w, އާއި ބްލޫލައިޓް، އަޙްމަދު އަޝްފާޤް، 23އ، ކަމަށެވެ.

 

ފުލުހުންގެ މީޑިއާއިން ބުނީ އެ ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ލ.ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791261 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

 

އެ ދެ މީހުން ހޯދަމުންދަނީ މާރާމާރީ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނިނަމަވެސް އެމައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް