ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 23:22
ޖުމާންޖީ ދަ ނެކްސްޓް ލެވެލްގެ ޕޯސްޓަރެއް
ޖުމާންޖީ ދަ ނެކްސްޓް ލެވެލްގެ ޕޯސްޓަރެއް
ގޫގުލް
ބޮލީވުޑް
މަރްދާނީ 2 ވައްޓާލުމަށްފަހު ޖުމާންޖީ- ދަ ނެކްސްޓް ލެވެލް އިންޑިއާގެ ސިނަމާތައް ހިސާރުކޮށްފި
ފުރަތަމަ ދުވަހުގެ ހިސާބުތަކަށް ބަލާ އިރު އެ ފިލްމަށް 6.2 ކްރޯރް ރުޕީސްވަނީ ލިބިފަ

ބޮލީވުޑްގައި މި ހަފުތާގައި އެންމެ ހިނގަމުން އައި ރާނީ މުކަރުޖީގެ މަރުދާނީ 2 ވައްޓާލުމަށްފަހު ހޮލީވުޑްގެ ޖުމާންޖީ ދަ ނެކްސްޓް ލެވެލް އިންޑިއާގައި ހިޓަކަށް ވެއްޖެއެވެ.

ޖުމާންޖީގެ ދަ ނެކްސްޓް ލެވެލް އިންޑިއާގައި ހިޓަކަށް ވެފައިވާ އިރު، ފުރަތަމަ ދުވަހުގެ ހިސާބުތަކަށް ބަލާ އިރު އެ ފިލްމަށް 6.2 ކްރޯރް ރުޕީސްވަނީ ލިބިފައެވެ. އަދި މިއާއެކު މި ހަފުތާގައި އިންޑިއާގެ ސިނަމާތަކުގައި އެޅުވި އެންމެ ހިޓް ފިލްމުގެ ލަގަބު ޖުމާންޖީއަށް ލިބިފައިވާ އިރު، ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ރާނީ މުކަރުޖީގެ މަރުދާނީ 2 އާއި ދަ ބޮޑީ އަދި މުއްދާ 370 ވަނީ ވައްޓާލާފައެވެ.

ހަފުތާގެ ހިސާބުތަކަށް ބަލާ އިރު، މަރުދާނީ 2 އަށް ލިބިފައިވަނީ 3.25 ކްރޯޑް ރުޕީސްއެވެ. އަދި ދަ ބޮޑީއަށް 50 ލައްކަ އަދި މުއްދާ 370 އަށް ލިބިފައިވަނީ 10 ވަރަކަށް ލައްކަ ރުޕީސްއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން އިންޑިއާގެ ސިނަމާތަކުގައި އެޅުވި މަރުދާނީ 2 ބަލަން ގޮސްފައިވަނީ މަދު ބައެކެވެ. އަދި އެއާ ހިލާފަށް މަރުދާނީއާ އެއްކޮށް އިންޑިއާގެ ސިނަމާތަކުގައި އެޅުވި ޖުމާންޖީ ދަ ނެކްސްޓް ލެވެލް ގިނަ މީހުން ވަނީ ބަލާފައެވެ.

މަރުދާނީ 2 އަށް ލިބުނު ތަރުހީބު ދަށް ނަމަވެސް 2014 ވަނަ އަހަރު ނެރުނު މި ފިލްމުގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

- ކޮމެންޓް