Advertisement
ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 12:47
ނައިބް ރައީސް ފައިސަލް ނަސީމް
ނައިބް ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް
ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބް ރައީސް މާލެ ވަޑައިގެންފި
ނައިބް ރައީސް މާލެ ވަޑައިގެންނެވީ ބުރާސްފަތި ދުވަހު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެންމެ ދެކުނުގެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވައިފިއެވެ.

ނައިބް ރައީސްގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. ހިތަދޫގައި ހުންނަ އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރާ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލެއްވިއެވެ.

މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ތަރައްޤީއާ ބެހޭގޮތުން ނައިބް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ނައިބް ރައީސްގެ ދަތުރުފުޅުގައި ދެން ވަޑައިގެންނެވީ ފުވައްމުލައް ސިޓީއަށެވެ. ފުވައްމުލަކަށް ވަޑައިގެން އެމަނިކުފާނު ވަނީ ޏ. އަތޮޅު ހޮސްޕިޓަލުގައި ތަރައްޤީކޮށްފައިވާ ޑަޔަލިސިސް ޔުނިޓު އިފްތިތާޙްކޮށްދެއްވާފައެވެ.

މި ޔުނިޓަކީ އެއްފަހަރާ ތިން ބަލިމީހުންނަށް ޑަޔަލިސިސް ޚިދުމަތް ދެވޭގޮތަށް ވަޞީލަތްތައް ޤާއިމު ކޮށްފައިވާ ތަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް