Advertisement
ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 12:52
މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ނޫސްވެރިންނާ ބައްދަލުކުރުން
މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ނޫސްވެރިންނާ ބައްދަލުކުރުން
ޔޫސުފް ސޮފްވާން ރަޝީދު
ދަނޑުވެރި ކުންފުނި
ދަނޑުވެރިން އުފައްދާ ތަކެތި މާރކެޓްކުރާ ކުންފުނި އަންނަ ފެބްރުއަރީ މަސް ކުރިން އުފައްދަނީ
ކޮންސެޕްޓް ޕޭޕަރ ތައްޔާރު ކުރެވި އިކޮނޮމިކް މިނިސްޓްރީއަށް ވަނީ ހުށައެޅިފައި
އިފާޑް އާއެކު އަންނަ އަހަރު ތެރޭގައި ކުންފުނި ފުޅާ ކުރުމަށް ވަނީ ރާވާފައި
ދަނޑުވެރިކަމަށް ބޭނުންކުރާ އާލަތްތައް ހެއު އަގުގައި ހޯދުމުގެ މަގު ތަނަވަސްވާނެ

ދަނޑުވެރިން އުފައްދާ ތަކެތި މާރކެޓްކުރާ ކުންފުނި އަންނަ ފެބްރުއަރީ މަހުގެ ކުރިން އުފެއްދޭނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން ބުނެފިއެވެ.

Advertisement

އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު އުފައްދާ މި ކުންފުންޏާބެހޭ ގޮތުން ބުރާސްފަތި ދުވަހު މީޑިއާއާއި ބައްދަލުކުރައްވައި މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ފައިސަލް ވިދާޅުވީ، ދަނޑުވެރިކަމާއި ގުޅޭ އެގްރިކަލްޗަރ ކޯޕަރޭޝަނެއް އުފެއްދުމަށް ބޭނުންވާ ކޮންސެޕްޓް ޕޭޕަރ ތައްޔާރު ކުރެވި، އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ، އަންނަ އަަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ކޯޕަރޭޝަން އުފެއްދޭނެ ކަމަށާއި، އިންޓަނޭޝަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) އާއެކު އަންނަ އަހަރު ތެރޭގައި ކުންފުނި އިތުރަށް ފުޅާ ކުރުމަށްވެސް ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ.

މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ފައިސަލް
މިހާރު ކޯޕަރޭޝަން އުފެއްދުމަށް ވަނީ ޕޭޕަރަސްތައް ތައްޔާރު ކުރެވިފައި، ދެން ފެބްރުއަރީ މަހުގެ ކުރިން އަޅުގަނޑުމެންނަށް އިޝާރަތް ލިބިފައިވަނީ ކޯޕަރޭޝަން އުފެދިގެންދާނޭ،
މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ފައިސަލް

ފައިސަލް ވިދާޅުވީ، ކުންފުނި އުފެދުމުން ދަނޑުވެރިން އުފައްދާ ތަކެތި ގަނެ މާކެޓު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ދަނޑުވެރިކަމަށް ބޭނުންކުރާ އާލަތްތައް ހެއު އަގުގައި ހޯދުމުގެ މަގުތަކެއް ތަނަވަސްވެގެންދާނެ ކަމަށެވެ.

ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ނުކުރެވޭތީ ދަނޑުވެރިންނަށް އެކަމުން ރަނގަޅު މަންފާ އެއް ލިބިގެން ނުދާކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ކުރެއެވެ. އެހެންކަމުން އެކަމަށް މަގުފަހިކުރުމަށްޓަކައި ކުންފުންޏެއް އުފައްދަވަން މަސައްކަތް ކުރައްވާކަމަށާއި އެކަމަށްޓަކާ އިފާޑްއާއެކު ޕްރޮޖެކްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް