Advertisement
ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 10:49
ގާސިމް ހަސަން މަރާލާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ
ގާސިމް ހަސަން މަރާލާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ
ވަގުތު.އެމްވީ
ގާސިމް ހަސަން
ގާސިމްގެ މަރަށް ހަފްތާއެއް: ތުހުމަތުގައި މީހަކު ހައްޔަރެއް ނުކުރޭ، ތަހުޤީޤް ކުރިޔަށް!
މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު
މީހަކު ހައްޔަރު ކޮށްފައެއްނުވޭ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރަށް ހަފްތާއެއްްވީއިރު ވެސް، އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގްރޫޕެއްގެ ޝިކާރަޔަކަށްވި އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.

އޭނާގެ ހަށިގަނޑު ފެނުނުއިރު ކަރުގެ އިތުރުން ގައިގެ އެހެނިހެން ތަންތަނަށް ވަނީ ވަޅި ހަރާފައެވެ.

Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށާއި، އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކޮށްފައި ނުވާކަމަށެވެ. އެ މަރުގެ މައްސަލައިގެ ގާތިލުން ހޯދުމަށް ސީސީޓީވީ ފޫޓޭޖް އެނެލައިޒް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ގާސިމްގެ މަރާލަން ޖެހޭ އެއްވެސް ސަބަބެއް އޮންނަ ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ ގާތް ޓެކްސީ ޑްރައިވަރުން ވަނީ ބުނެފައެވެ.

އޭނާގެ މަރާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާތީ ފުލުހުންނަށް ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެ މަރުގެ ފަހަތުގައިވާ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް