Advertisement
ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 11:24
އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިހާބުގެ ވޯޓުލުން ކުރިޔަށްދަނީ
ޝުއައިބް މުހައްމަދު އިގްބާލް
އިލެކްޝަންސް ކޮމިޝަން
ކައުންސިލްތަކަށް އިންތިޚާބުކުރާ އަންހެނުންގެ އަދަދަކީ 384
ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ޖުމްލަ އިންތިޚާބުކުރަންޖެހޭ އަދަދަކީ 980
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 929

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ އަންހެނުންގެ އަދަދަކީ 384 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރަށު ކައުންސިލްތަކަށް އިންތިހާބުކުރާ ޖުމްލަ ކައުންސެލަރުންގެ އަދަދަކީ 923 އެވެ. އެއީ ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ 372 ކައުންސިލަރުންނާއި، އިންހެން، ފިރިހެން ހިމެނޭގޮތަށް އިންތިހާބުކުރެވޭ 372 ކައުންސިލަރުންނެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް އިންތިހާބުކުރެވޭ 179 ކައުންސިލަރުންނެވެ.

އަތޮޅު ކައުންސިލަރުންގެ އަދަދަކީ 18 އެވެ. ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ހިމެނޭ ގޮތަށް ޖުމްލަ 197 ކައުންސިލަރުން އަތޮޅު ކައުންސިލްގައި ތިއްބަވާނެ އެވެ.

ސިޓީތަކަށް އިންތިހާބުކުރާ ޖުމްލަ ކައުންސިލަރުންގެ އަދަދަކީ 39 އެވެ. އެއީ ސިޓީ ކައުންސިލަށް އިންތިހާބުކުރެވޭ 12 ކައުންސިލަރުންނާއި، އަންހެން، ފިރިހެން ހިމެނޭގޮތަށް އިންތިހާބުކުރެވޭ 24 ކައުންސިލަރުންނެވެ. ސިޓީ ކައުންސިލް މޭޔަރުންގެ އަދަދަކީ 3 އެވެ.

Advertisement

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ޖުމްލަ އިންތިޚާބުކުރަންޖެހޭ އަދަދަކީ 980 އެވެ.

މީގެއިތުރުން ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދަކީ 895 އެވެ. ސިޓީތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދކީ 34 އެވެ.

ޖުމްލަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 929 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް