ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 08:43
ބްރެޑް ޕިޓް
ބްރެޑް ޕިޓް
ޕީޕަލް މެގަޒިން
ހޮލީވުޑް
އަހަރެންނާއި އަންހެނުންނާ އަޅުވާކީ އަދަދެއްވެސް ނޭނގޭ: ބްރެޑް ޕިޓް
ޕިޓް ވަނީ އެވާހަކަތައް ދޮގުކޮށްފައި
ޕިޓް އާއި ޖޮލީގެ ކައިވެނި ރޫޅިފައިވަނީ 2016 ގައި

ހޮލީވުޑް އެކްޓަރ ބްރެޑްޕިޓާއި އަންޖެލީނާ ޖޮލީގެ ކައިވެނި ރޫޅުނުފަހުން އޭނާ އާއި ވަރަށް ގިނަ އަންހެނުންނާއި ގުޅުންއޮންނަ ކަމަށް ވަނީ އަޑުފެތުރިފައެވެ.

އެގޮތުން އެމްއައިޓީ ޕްރޮފެސަރ ނެރީ އޯކްސްމަން، ޖުވެލަރީ ޑިޒައިނާ ސެޓް ހެރި ޚަލްސާ އަދި އެކްޓާ އާލިއާ ޝައުކަތް އާއި ޕިޓް އާއި ޑޭޓް ކުރާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. ނަމަވެސް ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޕިޓް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ފާއިތުވި ދެތިން އަހަރުތެރޭގައި އަހަރެނާއި އަޅުވާ ކިޔާފައިވަނީ ކިތައް އަންހެނުންނާއި ކަމެއްވެސް ނޭނގޭ.

އޭނާއާއި ބެހޭގޮތުން ލިޔެފައި ހުންނަ ވާހަކަތައް ކިޔާ އުޅެންތޯ ސުވާލުކުރުމުން ޕިޓް ބުނެފައިވަނީ އޭނާއާއި ބެހޭގޮތުން ފެތުރޭ އަޑުތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެވާހަކަތައް ކިޔާ ނޫޅޭ ކަމަށެވެ.

ޕިޓް ކުރިން ކައިވެނި ކޮށްފައިވަނީ ޖެނިފާ އެނިސްޓަން އާއި އެވެ. 2000 ވަނަ އަހަރު ކުރި މި ކައިވެނި ރޫޅިފައިވަނީ 2005 ވަނަ އަހަރުއެވެ.

އެއަށްފަހު އަންޖެލީނާ ޖޮލީ އާއި ކައިވެނީގެ ގޮތުން ގުޅިފައިވަނީ 2014 ވަނަ އަހަރު އެވެ. އެދެމަފިރިންގެ ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރު އެވެ.

މި ދެމީހުންގެ ހަ ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި އެޑަޕްޓްކޮށްފައިވާ ކުދިން ވެސް ހިމެނެއެވެ. ދެ މީހުން ވަކިވި ފަހުން ދަރިން ތިބެނީ އެންޖެލީނާގެ ކައިރީގައެވެ.

- ކޮމެންޓް