Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 15:01
އިންފްލުއެންޒާ ރޯގާގެ ވެކްސިންތަކާއެކު މަޖިލިސް މެންބަރުންތަކެއް
އިންފްލުއެންޒާ ރޯގާގެ ވެކްސިންތަކާއެކު މަޖިލިސް މެންބަރުންތަކެއް
ޓްވިޓަރ
އެޗްވަންއެންވަން ރޯގާ
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
ވެކްސިން ގެންގުޅެން ޖެހެނީ ވަކި ވަރެއްގެ ފިނިހޫނުމިނެއްގައި
ހަލާކުވެފައި ހުންނަ ވެކްސިންއެއް ދީފިނަމަ ލިބޭ ގެއްލުން މާބޮޑު
ރިއެކްޝަނެއް އުފެދިދާނެ، ފަރުވާ ދެވޭ ފަދަ ތަނެއްގައި ވެކްސިން ދިނުން މުހިންމު

ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއިން ދިފާއުވުމުގެ ވެކްސިންތަކެއް ހިފައިގެން މަޖިލިސް މެންބަރުންތަކެއް ތިބި ފޮޓޯތަކެއް ދައުރުވަމުންދަނިކޮށް، ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް މެޑިކަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފް ނަސޭހަތްތެރިވެއްޖެ އެވެ.

 

ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީންއާއި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދުގެ އިތުރުން ދުވާފަރު ދައިރާގެ މެންބަރު މުހައްމަދު އަލީ ވެކްސިންތައް އަތްޕުޅަށް ނަންގަވައިގެން ތިއްބަވަނިކޮށެވެ.

 

އެ ފޮޓޯތައް މުބީން ޓްވީޓެއް ކުރެއްވި އިރު، އެ ޓްވީޓުގައި ވިދާޅުވެފައިވަނީ "ވެކްސިންތައް ވެސް ގެނެސްފި، މެޑަމް ވަރެއް ހަމަ ނެތް" ކަމަށެވެ. އަދި މެޑަމް ދެއްވާ ދީލަތި އެހީ އަށް މުބީން ޝުކުރު އަދާކޮށްފައިވެސްވެ އެވެ.

އެ ފޮޓޯތައް ދައުރުވަމުންދަނިކޮށް، ޑރ. އަފީފް ފޭސްބުކްގައި ވިދާޅުވެފައިވަނީ ފްލޫ ރޯގާ ކޮންޓްރޯލް ކުރުމުގެ ގޮތުން ބައެއް ބޭފުޅުން އަމިއްލަފުޅަށް ރާއްޖެއިން ބޭރުން ވެކްސިން ގެންނާތީ ދެ ނުކުތާއެއް ފާހަގަކޮށްލާ ކަމަށެވެ.

 

އެގޮތުން ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ޑރ. އަފީފް ވިދާޅުވީ އިންފްލުއެންޒާ ވެކްސިންއަކީ ވެކްސިން ޕްރޮޑަކްޝަން އިން ފެށިގެން ވެކްސިން ދީ ނިމެންދެން 2-8 ޑިގްރީ ސެލްސިއަސް ގައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށެވެ.

 

ޑރ. އަފީފް ވިދާޅުވީ އެ ނޫން ފިނިހޫނުމިނެއްގައި ވެކްސިން ގެންގުޅެފިނަމަ، ވެކްސިން ހަލާކުވާނެ ކަމަށާއި ހަލާކުވެފަިއވާ ވެކްސިން ދިނުމުން ފައިދާކުރުމުގެ ބަދަލުގައި ލިބިދާނެ ގެއްލުން މާބޮޑު ކަމަށެވެ.

 

ދެވަނަ ނުކުތާއެއްގެ ގޮތުގައި ޑރ. އަފީފް ވިދާޅުވީ ވެކްސިންއަކީ އާންމު ގޮތެއްގައި ވަރަށް ރައްކާތެރި އެއްޗެއް ކަމަށާއި ވެކްސިން ދިނުމުން އެލާޖިކް ރިއެކްޝަނެއް އައުމަކީ ނާދިރުކަމަކަށް ވީނަމަވެސް ރިއެކްޝަނެއް އަތުވެދާނެ ކަމަށް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

 

އޭނާ ވިދާޅުވީ އަމިއްލަ އަށް ގެންނަ އެއްވެސް ވެކްސިންއެއް، ވެކްސިން ދީގެން އަތުވެދާނެ ސީރިއަސް ރިއެކްޝަނެއް މެނޭޖް ނުކުރެވޭފަދަ ތަނެއްގައި ނުދިނުމަކީ ބުއްދިވެރިކަމެއް ކަމަށެވެ.

 

އެޗްވަންއެންވަން ރޯގާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އުފައްދާފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އޭޑީކޭގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވަނީ ޑރ. އަފީފްގެ ވާހަކަ ފުޅަށް ތާއީދު ކުރައްވާފަ އެވެ.

ނިޔާފް ވިދާޅުވީ އެ ވާހަކައަކީ ރާއްޖޭގެ އެންމެ ސީނިއާ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަފީފްގެ މުހިންމު ބަސްފުޅެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް