Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 14:41
ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ
ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ކުރަމުންދަނީ
މިނިސްޓްރީ އޮފް ހައުސިން
އިމާރާތް
ހާޖަރާގެ ތަޅާލުމުގެ މަސައްކަތް ފަށައިފި
ހާޖަރާ ތަޅާލުމުގެ މަސައްކަތް އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކުރިޔަށްދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނޭ
ހާޖަރާގެ ތަޅާލުމަށް ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާންކޮށްފައި
ހާޖަރާގެ އަކީ ބާވެ ހަލާކުވުމުގެ ސަބަބުން އާންމުންނަށް ނުރައްކާވާނެ ކަމަށް ބެލެވޭ 11 އިމާރާތުގެ ތެރޭގައި ހިމެނޭ ގެއެއް

ބާވެ ފިޔަވަޅު އަޅަން އެދިފައިވާ ހ. ހާޖަރާގެ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓުން ފަށައިފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހާޖަރާ ތަޅާލުމުގެ މަސައްކަތް އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކުރިޔަށްދާނެ ކަމަށެވެ.

Advertisement

ހާޖަރާގެ ތަޅާލުމަށް ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ. ހާޖަރާގެ އަކީ ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން ބަދަލުދީ ދައުލަތަށް ނަގާފައިވާ ގެއެކެވެ.

މީގެއިތުރުން ހާޖަރާގެ އަކީ ބާވެ ހަލާކުވުމުގެ ސަބަބުން ޢާންމުންނަށް ނުރައްކާވާނެ ކަމަށް ބެލެވޭ 11 އިމާރާތުގެ ތެރޭގައި ހިމެނޭ ގެ އެކެވެ. މާލޭގައި ޢާންމުންނަށް ނުރައްކާވާނެ ކަމަށް ބެލެވޭ އިމާރާތްތަކުގެ ލިސްޓު ހާމަކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީންނެވެ. އެގޮތުން ފިޔަވަޅު އަޅައިދިނުމަށް ޕްލޭނިންގ މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ގެތަކަކީ ހ.ހާޖަރާގެ، ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ރުއްދޮށިގެ އަދި މ. ރަބީއުވިލާ އެވެ.

މާލޭގައި ބާވެ ހަލާކުވުމުގެ ސަބަބުން އާންމުންނަށް ނުރައްކާވާ ގޮތަށް ހުރި އިމާރާތްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ހެންވޭރު ރުއްދޮށުގޭ ދެ ވަނަ ބުރީގެ ބެލްކަނީން ބައެއް މަގު މައްޗަށް ވެއްޓި ފަސް މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް