Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 09:28
ހަސަން ސާއިދަށް މަރުހަބާކިއުމުގެ ތެރެއިން
އެމްއެންޑީއެފް
ސާއިދު ރާއްޖެ އައުން
ސާއިދަށް ރާއްޖެ އިން ހޫނު މަރުހަބާއެއް!
ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައި
ސާއިދަށް މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރ

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސް 2019 ގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ހަސަން ސާއިދު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔަފިއެވެ.

އެމްއެންޑީއެފްގެ ސަރޖެންޓް ހަސަން ސާއިދު އަންގާރަ ދުވަހު ހެނދުނު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

މިއަހަރުގެ ގޭމްސްގައި ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދީފައެވެ. މިއީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެތްލީޓަކު ކާމިޔާބުކުރި ފުރަތަމަ ރަން މެޑައްޔެވެ.

Advertisement

100 މީޓަރު ދުވުމުގެ ފައިނަލް ހީޓު ސާއިދު ނިންމީ 10.49 އިން ރޭސް ނިންމައިގެންނެވެ. ސާއިދު އާއި އެންމެ ގާތުން ވާދަކުރީ ސްރީލަންކާގެ ދުވުންތެރިޔެކެވެ. އޭނާއަށް ރޭސް ނިންމާލެވުނީ 10.50 އިންނެވެ.

100 މީޓަރުގެ ދުވުމުގެ އިތުރުން ސާއިދުވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފައެވެ. 200 މީޓަރު ދުވުމުން އެއްވަނަ އަށް ދިޔަ ޕާކިސްތާނުގެ ދުވުންތެރިޔާ އުޒްއިރް ރަހްމާން ދުވުން ނިންމީ 21.15 ސިކުންތުންނެވެ. އަދި ދެވަނަ އަށް ދިޔަ ސްރީލަންކާގެ ބާރު ދުވުންތެރިޔާ ވިނޯޖް ރޭސް ނިންމައިފައިވަނީ 21.19 ސިކުންތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް