Advertisement
ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 17:55
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ރާއްޖެ އެމްވީ
މޯލްޑިވިސް ޕޮލިސް ސާރވިސް
3 ފަތުރުވެރިއެއްގެ މަރު ފުލުހުން ތަހުގީގުކުރަން ފަށައިފި
2 މީހަކު މަރުވެފައިވަނީ ގެނބިގެން
ލިލީ ބީޗުން މަރުވެފައިވަނީ އެތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއް
މަރުވެފައިވަނީ، އިންޑޮނޭޝިއާ އާއި އެމެރިކާގެ އިތުރުން ޗައިނާއަށް ނިސްބަތްވާ 3 ފިރިހެނެއް

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުން ދަނިކޮށް ތަފާތު 3 ރިސޯޓެއްގައި 3 ފަތުރުވެރިޔަކު މަރުވުމާއި ގުޅިގެން ފުލުހުން އެ މައްސަލަތައް ތަހުގީގުކުރަން ފަށައފިއެވެ.

މީޑިއާތަކަށް ފުލުހުން ވަނީ ތަފާތު 3 މަރެއްގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ފުލުހުން ބުނެފައުވަނީ ޕާކް ހަޔަޓް މޯލްޑީވިސް ހަޑަހާ ރިސޯޓުގައި ސްނޯކްލިންގް އަށް ގޮސް އުޅުނު އެމެރިކާއަށް ނިސްބަތްވާ 62 އަހަރުގެ ފަރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލައެއް ހޯމަ ދުވަހުގެ މެންދުރު 13:50 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މީހާ މިހާރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި ލިލީ ބީޗް ރިސޯޓުގައި މަސައްކަތްކުރާ 38 އަހަރުގެ އިންޑޮނީޝިއާ ފިރިހެން މުވައްޒަފަކު ނިދާ ހޭނުލައިގެން ބެލިއިރު މަރުވެފައިވާކަމުގެ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.

Advertisement

ފުލުހުން ތިންވަނަ ހާދިސާއެއްގެ ގޮތުގައި މީޑިއާއަށް ހިއްސާ ކޮށްފައިވަނީ، ފިހާޅޮހި ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާއަށް އަށް ނިސްބަތްވާ 62 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މަރުވެފައިވާ މައްސަލައެކެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:34 ގައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި 3 މަރާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް