Advertisement
ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 15:18
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޕްލޭނިން މިނިސްޓްރީ
ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހަވާލުކޮށްފި
އެއީ ގއ.ގެމަނަފުށި، ގދ.ރަތަފަންދޫ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
އެމަސައްކަތް ހަވާލުކުރީ 507،104.00 ރުފިޔާއަށް
18 ހަފްތާއިން މަސައްކަތް ނިންމަންޖެހޭ

ދެރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިންނާއި އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް ކުންފުންޏާކާ ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮތް ރަސްމިއްޔާތެއްގައި ގއ. ގެމަނަފުށި އަދި ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިންގެ އީއައިއޭ ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެއެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އިންޖިނިއަރ އަބްދުﷲ ނައުޝާދެވެ.

Advertisement

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޝާނާ ވިދާޅުވީ ޑިޒައިންގެ މަސައްކަތްތަކާއި، އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް ހެދުމުގެ އިތުރުން ކޮމިއުނިޓީ ކޮންސަލްޓޭޝަން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 507،104.00 ރުފިޔާއަށް 18 ހަފްތާއިން ނިންމާ ގޮތަށްށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް