Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 01:41
ފޭދޫ އާއި ގަން ގުޅޭ ހިސާބުގައި ހިނގި އެކްސިޑެންޓްގައި ކަހާލި ސައިކަލު
ފޭދޫ އާއި ގަން ގުޅޭ ހިސާބުގައި ހިނގި އެކްސިޑެންޓްގައި ކަހާލި ސައިކަލު
ރާއްޖެއެމްވީ
އެކްސިޑެންޓް
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ގޮސް ކަހާލުމުން
އެކަކުގެ ބޮލަށް އަނިޔާ ލިބުނު، އަނިޔާ ސީރިއަސް އެއް ނޫން

އައްޑޫ ސިޓީ މަރަދޫގައި ހޮނިހިރު ދުވަހުގެ މެންދުރުފަހު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނިކޮށް، އެ ސިޓީގައި ނުރައްކާތެރި އިތުރު އެކްސިޑެންޓެއް ހިނގައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ އިރުއޮއްސި، 6:45 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ، ފޭދޫ އާއި ގަން ގުޅޭ ހިސާބުން، ފުޓުބޯޅަ ދަނޑާއި ދިމާލުގައެވެ.

މަންޒަރުދުށް ފަރާތްތަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކޮންޓްރޯލް ނުވެގެންގޮސް، ކަހާލައިގެންނެވެ. އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިބީ ޒުވާން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި، ސައިކަލުގައި އިން އަންހެން ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވީނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވަފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓްގައި މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ހޮނިހިރު ދުވަހުގެ މެންދުރުފަހު މަރަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް