Advertisement
ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 13:34
ޖަމިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކުރުމަށް ބޭއްވި ކުޑަ ހަފްލާ
ޖަމިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކުރުމަށް ބޭއްވި ކުޑަ ހަފްލާ
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލް އިން އާރކް އަށް ފައިސާ ހަދިޔާކޮށްފި
އާކް އަށް ބޭންކާއި ބޭންކުގެ މުއައްޒަފުންގެ ފަރާތުން ވަނީ 60،000 ރުފިޔާ ހަދިޔާކޮށްފައި
މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކަށް
އާކް އަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެއް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އަށް ބޭންކް އޮފް މޯލްޑިވްސް ގެ މުވައްޒަފުންނާއި، ބޭންކުގެ ނަމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފުލާއެއްގައި މި ޖަމްޢިއްޔާ އަށް ރަމްޒީ ގޮތުން ފައިސާ ޙަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. އަދި މި ޙަފުލާގައި ބޭންކުގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ. އާރކަށް، ބޭންކާއި ބޭންކުގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފައިވަނީ 60،000 ރުފިޔާ އެވެ. އެހީގެ ގޮތުގައި ބޭންކުން ދިން ފައިސާ ބޭނުންކުރަން ހަމަޖެހިފައިވަނީ ކުޑަކުދިންގެ ހައްޤުތައް ޕރޮމޯޓުކުރުމަށް އާރކުން ކުރިޔަށް ގެންދާ ތަފާތު އެކި ޕްރޮގުރާމްތައް ރާވައި ހިންގުމަށް ކަމަށް އާރކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުމަށް އާރކުން ހިންގާ ހަރަކާތްތައް ހިންގުމަށް ބީއެމްއެލްގެ މުވައްޒަފުން ވެދިން އެހީތެރިކަމެއް ކަމަށެވެ. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސޯޔަރ ފާހަގަކުރެއްވިއެވެ.

Advertisement

މި އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން އާ ގުޅިގެން ހަނގާކުރުން ހުއްޓުވުމަށް މުޖުތަމަޢު އިތުރަށް ހޭލުންތެރިކުރުމަށް ޤައުމީ ފެންވަރުގައި ކުރިޔަށް ގެންދާ 'ބީޓް ބުލީންގ' ޕްރޮގުރާމަށް ފަންޑްރެއިޒް ކޮށްފައެވެ. މިގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' ގެ ދުވުންތެރިން ވަނީ ޖުމްލަ 105،250 ރުފިޔާ މި ކެމްޕޭނަށް ހަދިޔާކޮށްފައެވެ.

އާރކް އަކީ ފާއިތުވެދިޔަ 10 އަހަރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
9 ޑިސެންބަރ 2019 | ހޯމަ 15:18
? އެދުރު ހަސަން
ވެންމަސް ވެމައް އެއިން އެތިކޮޅެއް ކާންދެނީ. ރައިއްޔަތުންގެ ބޭނުންތަކާއި އެއްވަރައް ހިދުމަތް ނުދެވޭ ރައިއްޔަތުންގެ އަޑު އަހަން ބޭނުން ނުވާ ބޭންކެއް.