Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 22:29
އެކްސިޑެންޓްވެފައިވަނީ 22 އަހަރުގެ ޒުވާނެއް
އެކްސިޑެންޓްވެފައިވަނީ 22 އަހަރުގެ ޒުވާނެއް
ރާއްޖެއެމްވީ
އެކްސިޑެންޓްވި މީހާ ސީރިއަސް
މަރަދޫން އެކްސިޑެންޓްވި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ
އެކްސިޑެންޓްގައި ޒުވާނާގެ ބޯ ވަނީ ވަރަށް ބޮޑަށް ފެޅިފައި
މާލެ ގެންނަނީ ހާލު ސީރިއަސްކަމުން

ހޮނިހިރު ދުވަހު މެންދުރު ފަހު އައްޑޫ ސިޓީ މަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، މިއެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

އައްޑޫ ސިޓީގައި ހުރި ރާއްޖެ ޓީވީގެ ރިޕޯޓަރު ފާރިސް އިބްރާހިމް ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 2:00 ހާއިރު މަރަދޫ ފޭދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ސައިކަލެއް ލިންކް ރޯޑުގައި ކޭބަލް އަޅަން މަގު ކޮނެފައި އޮތް ތަނުން ވަޅުގަނޑަކަށް އަރައި ކޮންޓްރޯލް ނުވެގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

ފާރިސް ބުނީ އޭނާ ވަގުތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ހާލު ސީރިއަސް ވުމުން އައިސީޔޫއަށް ބަދަލުކުރި ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވެފައި ވަނީ 22 އަހަރުގެ ފިރިހެނަކަށްކަމަށް މައުލޫމާތު ލިބެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް