Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 19:54
އެކްސިޑެންޓްވި މީހާ ހޮސްޕިޓަލަށް ގެންދަނީ
އެކްސިޑެންޓްވި މީހާ ހޮސްޕިޓަލަށް ގެންދަނީ
އަޒުމޫން އަހުމަދު
އެކްސިޑެންޓް
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި
ފަރުވާދެމުން ދަނީ އައިސީޔޫގައި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

 

އައްޑޫ ސިޓީގައި ހުރި ރާއްޖެ ޓީވީގެ ރިޕޯޓަރު ފާރިސް އިބްރާހިމް ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 2:00 ހާއިރު މަރަދޫ ފޭދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ ސައިކަލެއް ލިންކް ރޯޑުގައި ކޭބަލް އަޅަން މަގު ކޮނެފައި އޮތްތަނުން ވަޅުގަނަޑަކަށް އަރައި ކޮންޓްރޯލް ނުވެގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

 

މި އެކްސިޑެންޓްގައި އަނިޔާވެފައި ވެފައި ވަނީ 22 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފާރިސް ބުންޏެވެ. 

 

ފާރިސް ބުނީ އޭނާ ވަގުތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ހާލު ސީރިއަސް ވުމުން އައިސީޔޫއަށް ބަދަލުކުރި ކަމަށެވެ. މިކަމާ ބެހޭ އިތުރު ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް