Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 18:37
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައިވެސް ފަންޑު ފޮށި ބެހެއްޓުމަށް މަޝްވަރާކުރަނީ
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައިވެސް ފަންޑު ފޮށި ބެހެއްޓުމަށް މަޝްވަރާކުރަނީ
ރާއްޖެއެމްވީ
އަބުރު ފަންޑް
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
ފަންޑު ފޮށި ބަހައްޓަނީ ހޮނިހިރު ދުވަހު ހަވީރު

ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި، "އަބުރު ފަންޑު"ގެ ނަމުގައި ފަށާފައިވާ ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން ހއ. ހޯރަފުށީގައި ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމަތު ދެއްވަމުން ހޯރަފުށީގައި އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށްއުޅުއްވާ ފަރާތެއް ކަމަށްވާ އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖެ ޓީވީ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަމުންދާތީ ރާއްޖެ ޓީވީއަށް ހެޔޮއެދޭ ފަރާތްތަކުން ކޮންމެވެސް ވަރެއްގެ ހަދިޔއެއް ދިނުމަށް ހުކުރު ދުވަހުގެ ރޭ އެރަށުގެ ގިނަ ބަޔަކު ބައްދަލުވުމެއް ބާއްވާ މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ. އަދި މި ބައްދަލުވުމުން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު އެރަށު ބަނދަރު ސަރަހައްދުގައި ހުންނަ ޕާމް ރެސްޓޯރެންޓް ކުރިމަތީ ފަންޑް ފޮއްޓެއް ބެހެއްޓުމަށް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ފަންޑު ފޮށި ބެހެއްޓިފައި ހުންނާނީ މިމަހުގެ 18 އިން 20 އަށް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ހޯރަފުށީގައި ފަންޑު ފޮށި ބެހެއްޓުމަށް ތައްޔަރު ވަމުން ދާއިރު ބ. ތުޅާދޫ، ގއ. ދެއްވަދޫ، ހއ. ދިއްދޫ އަދި ޅ. ކުރެންދޫ އާއި ހިންނަވރުގައި ތިބި ރާއްޖެޓީވީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ރަށްރަށުގައި ވެސް "އަބުރު ފަންޑު" ހުޅުވާފައެވެ.

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ހުޅުވުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީއެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު އެނާ ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް