Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 23:39
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފްލެޓްތަކެއް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ފްލެޓްތަކެއް
ޕީއެސްއެމް
ބޯހިޔާވަހިކަން
ބޯހިޔާވަހިކަމާއި ގުޅޭ ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި
ރައީސް އޮފީހަށް ފޮނުއްވީ ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު
އެއްމެދު އިމާރާތުގެ ގާނޫނުގެ ބިލް
މިބިލުތައް ފާސްވުމުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭނެ

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ދެ ބިލެއް ކަމާއި ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު ޑްރާފްޓް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މި ޑިސެމްބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ "ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު" އަދި "އެއްމެދު އިމާރާތުގެ ޤާނޫނު"ގެ ބިލެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ބުނީ ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު ޢިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އަދި ބިނާކުރަން ޤަސްތުކުރާ ޢިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށާއި، އެއްމެދު އުޞޫލުން ބިމާއި ޢިމާރާތް އަދި އެއްމެދު ޢިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކު ކުރުމުގެ ހަމަތައް އެކުލަވާލުމާއި، އެ ޔުނިޓުތައް ގަނެވިއްކައި، އެއްމެދު ޢިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ ޢާންމު ޞަރަޙައްދުތައް (ކޮމަން އޭރިއަރސް) ބަލަހައްޓައި، ބޭނުންކުރާނެ އުޞޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ތަޢާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

Advertisement

އޭގެ އިތުރުން ރައީސް އޮފީހަށް ހުށަހެޅިފައިވާ ގޯތި ގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލަކީ، ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށްދޫކުރުމާއި ކުއްޔަށް ހިފުމާ ގުޅިގެން ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާފަރާތުގެ މަސްލަޙަތާއި ޙައްޤުތައް ބަޔާންކުރުމާއި ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި އެތަންތަނުގައި، ހުންނަންޖެހޭނެ ޢަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުޢާމަލާތްތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައެޅުމުގެ ޤާނޫނީ އޮނިގަނޑު ތަޢާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބިލުތައް މަޖިލީހުން ފާސްވުމުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ޙައްޤުތަކާއި މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ ޙައިޞިއްޔަތު ލިބިގެންދާނެއެވެ. އަދި އެއްމެދު ޢިމާރާތްތައް ރަޖިސްޓަރީކޮށް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް