Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 19:37
ރާއްޖެޓީވީގެ ޗީފް ޓެކްނިކަލް އޮފިސަރ އިސްމާއިލް ޖިނާ (ކ) އަދި ޗީފް ކެމެރާމަން މުހައްމަދު އަނިލް (ވ)
ރާއްޖެޓީވީގެ ޗީފް ޓެކްނިކަލް އޮފިސަރ އިސްމާއިލް ޖިނާ (ކ) އަދި ޗީފް ކެމެރާމަން މުހައްމަދު އަނިލް (ވ)
ރާއްޖެއެމްވީ
ރާއްޖެޓީވީ އުމުރާ ދަތުރު
ރާއްޖެޓީވީގެ އުމްރާ ދަތުރު މިފަހަރު ޖިނާއާއި އަނިލްއަށް
މި ފުރުސަތުގެ ދަށުން ރާއްޖެޓީވީގެ 3 މުވައްޒަފަކު މީގެ ކުރިން ވެސް ވަނީ އުމްރާގެ އަޅުކަމަށް ގޮސްފައި
ޖިނާއާއި އަނިލް ފުރާފައިވަނީ ޑިސެމްބަރު މަހުގެ އުމްރާއަށް
މިއީ 2017 ވަނަ އަހަރުން ފެށިގެން އަލް އައިނު ހައްޖު އުމްރާ ގްރޫޕުން ރާއްޖެޓީވީގެ މުވައްފަޒުންނަށް ދޭ އުމްރާ ދަތުރުތަކެއް

އަލް އައިނު ހައްޖު އުމްރާ ގްރޫޕުން ރާއްޖެޓީވީގެ މުވައްފަޒުންނަށް ދެމުން އަންނަ އުމްރާ ދަތުރު ތަކުގެ ތެރެއިން މިފަހަރުގެ އުމްރާ ދަތުރުގައި، ރާއްޖެޓީވީގެ ޗީފް ޓެކްނިކަލް އޮފިސަރ އިސްމާއިލް ޖިނާ އަދި ޗީފް ކެމެރާމަން މުހައްމަދު އަނިލް ފުރައިފިއެވެ.

މިއީ 2017 ވަނަ އަހަރުން ފެށިގެން އަލް އައިނު ހައްޖު އުމްރާ ގްރޫޕުން ރާއްޖެ ޓީވީގެ މުވައްފަޒުންނަށް ދޭ އުމްރާ ދަތުރުތަކެވެ. މި ފުރުސަތުގެ ދަށުން ރާއްޖެޓީވީގެ 3 މުވައްޒަފަކު މީގެ ކުރިން ވެސް ވަނީ އުމްރާގެ އަޅުކަމަށް ގޮސްފައެވެ.

ރާއްޖެޓީވީއަށް އަލްއައިން ހައްޖު އުމްރާ ގްރޫޕުން ދޭ މި ފުރުސަތުގެ ދަށުން ކޮންމެ އަހަރު ދެ އުމްރާ ދަތުރު ހިލޭ ލިބިގެންދެއެވެ. އެގޮތުން ރަމަޟާން މަހުގެ އުމްރާ އާއި މާރޗު މަހު ނުވަތަ ޑިސެމްބަރު މަހުގެ އުމްރާއިން ފުރުސަތު ލިބިއެވެ.

Advertisement

ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަލީމް މީގެ ކުރިން ވިދާޅުވެފައިވަނީ، އަލް އައިނު ހައްޖު އުމްރާ ގްރޫޕުން ރާއްޖެޓީވީގެ މުވައްޒަފުންނަށް އުމްރާގެ މަތިވެރި އަޅުކަމަށް މިފަދަ ފުރުސަތަކެއް ދެމުން ގެންދާކަމީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށެވެ. އަދި އެކަމަށްޓަކައި އަލް އައިން ކުންފުންޏަށް ރާއްޖެޓީވީން އަބަދުވެސް ޝުކުރުވެރިވާނެކަމަށް އަހުމަދު ސަލީމް ވިދާޅުވިއެވެ.

އުމްރާ މިފަހަރުގެ ދަތުރުގައި އަނިލްއާ ޖިނާ ވަނީ ބުރާސްފަތި ދުވަހު ފުރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް