Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 18:00
އާސިފް ހައްޔަރު ކޮށްފައިވަނީ ފުރަންވެގެން އެއަރޕޯޓުގައި ހުއްޓާ
އާސިފް ހައްޔަރު ކޮށްފައިވަނީ ފުރަންވެގެން އެއަރޕޯޓުގައި ހުއްޓާ
ފޭސްބުކް
ކްރިކެޓް ކޯޗު
ކްރިކެޓް ކޯޗުގެ މައްޗަށް 9 ދަޢުވާއެއް އުފުލައިފި
އެންމެ ފުރަތަމަ ހައްޔަރު ކުރީ އޮގަސްޓު މަހު ކުރީކޮޅު
ކްރިމިނަލް ކޯޓުން އޭނާ ދޫކުރި
އޭނާ ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑުން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ

ކޯޗުކަން ކޮށްދިން ކުދިންތަކަކަށް ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް އަމީން ހާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ،‏ ސައުތު އެފްރިކާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އާސިފް އަމީން ހާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާމެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި އޭނާގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ގައި އާސިފް ހައްޔަރު ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ ކުރީ ކޮޅުގައެވެ. އޭނާ ހައްޔަރުކުރީ ފުރަން އެއަރޕޯޓުގައި ހުއްޓައެވެ. ނަމަވެސް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން 24 ގަޑިއިރު ފާއިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އޭގެ ފަހުން ހައިކޯޓުން އަމުރެއް ނެރެ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އާސިފް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައެވެ. އަދި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރު ނުފުރޭ ކުޅުންތެރިންވެސް ހިމެނޭ ކަމަށްވެއެވެ.

މީގެއިތުރުން އާސިފްގެ މައްސަލަ ފެންމަތިވެފައި އޮއްވައި، އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަސައްކަތް ކުރި ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް