Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 00:04
އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން އިނގިރޭސިވިލާތުގެ އެމްބެސެޑަރާ ބައްދަލު ކުރައްވަނީ-
އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން އިނގިރޭސިވިލާތުގެ އެމްބެސެޑަރާ ބައްދަލު ކުރައްވަނީ-
ޓްވިޓަރ
އިދިކޮޅު ކޯލިޝަން
ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން އިނގިރޭސި އެމްބެސެޑަރާ ބައްދަލު ކޮށްފި
އިދިކޮޅު ކޯލިޝަނުން ބުނަނީ ސިޔާސީ ހުކުމެއް ކަމަށް
ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވީ އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން

މަނީ ލޯންޑަރ ކުރެއްވުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށްކުރާ މަސައްކަތްތަކުގެ ތެރެއިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިނގެރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އިނގިރޭސިވިލާތުން އަދި ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އިދިކޮޅު ކޯލިޝަނުން ވެސް ހަމައެކަނި ހާމަކޮށްފައިވަނީ، އެބޭފުޅުން އިނގިރޭސި އެމްބެސެޑަރާ ބައްދަލު ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާއި ގުޅިގެން ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ބުނަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ "ސިޔާސީ" ދައުވާއެއް ކަމަށާއި އެދައުވާއާ ގުޅިގެން އިއްވާފައިވާ ހުކުމަކީ "ބޭއިންސާފު" ހުކުމެއް ކަމަށެވެ.

މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާ، އެމައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައިވަނީ މިދިއަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކީންނަކީ، އެމަނިކުފާނުގެ ގާތް އެކުވެރިޔާ އަދި އެމަނިކުފާނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ފަހުން ނައިބު ރައީސްކަމަށް އައްޔަން ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެފަހުން ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އެމަނިކުފާނުގެ ގާތް އެކުވެރިޔާ މޫސާ ޒަމީރުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕިއާރުސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު އެވެ. މީގެއިިތުރުން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނާއިބު ރައީސް މުއައްވިޒު ރަޝީދާއި އިތުރު ފަރާތްތަކެއް ހިމެނެއެވެ.

Advertisement

ކިތާބީ ހެކީގެ ގޮތުގައި ގިނަ ލިޔެކިޔުންތަކެއް ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓްގެ ސްޓޭޓްމަންޓް ވެސް ހިމެނެ އެވެ. މަނީ ލޯންޑަރިންގ ދައުވާކުރި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އެ އެކައުންޓަށެވެ.

ރައީސް ޔާމީން ވަނީ އޭސީސީއާއެކުވި އެއްބަސްވުމާއި ހިލާފަށް އެސްކްރޯ އެކައުންޓަށް އެ ފައިސާ ޖަމާކުރުމުގެ ބަދަލުގައި، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވައި 36 މަސް ވަންދެން އެފައިސާ އިންވެސްޓްކޮށް، ފައިދާ ނަންގަވާފަ އެވެ.

ރައީސް ޔާމީން ޖަލަށްލުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދިޔަ ނަމަވެސް އެކަމަށް އާންމު ރައްޔިތުންގެ މާބޮޑު ތަރުހީބެއް ލިބެމުން ނުދެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައިވެސް އެކަމާ އިހުތިޖާޖު ކުރައްވަނީ ދެތިން މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
5 ޑިސެންބަރ 2019 | ބުރާސްފަތި 00:16
ކެލާ އާރިފް
ބޮން މުއްދުމެން ނޫންތޯ ނިމިދިޔަ އަނިޔާވެރި 5އަހަރު ހަރުއަޑު ގޮވަމުންދިޔައީ ފަރަންޖީންނަކަށް ރާއްޖޭގެ ދާހިލީކަންތަކާ ނު ބެހެވޭނޭ، އެކަމު މިޔަދު ބޮންމުންދު ތިދުވަނީ ފަރަންޖީން ފަހަތުންނޫންތޯ؟؟؟ ﷲގެކުޅަދުންވަންތަކަން ނިކަންދެކި ބަލަ، މިކަންތައްވެސް އި ބުރަތަކަށްނުވޭތޯ