Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 18:56
ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޑީޖޭއޭ
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރު 1:00 އަށް
އަސާސީ މުސާރައަކީ މަހަކު 30،500 ރުފިޔާ، އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ލިބޭ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓުރޭޓަރަކު ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލައިފިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓުރޭޓަރުގެ މަގާމަށް މީހަކު ހޯދަނީ ޖޭއެސްސީގެ ގާނޫނަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އައި ޑީޖޭއޭ އުވި، ޑީޖޭއޭގެ ނަމުގައި ޖޭއެސްސީގެ ދަށުން އާ އިދާރާއެއް އުފެދުމާ ގުޅިގެންނެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ޑީޖޭއޭގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހެއެވެ. އަދި މިކަން ކުރުމުގެ ބާރު ގާނޫނުން މިހާރު ދީފައިވަނީ ޖޭއެސްސީއަށެވެ.

Advertisement

ޗީފް ޖުޑީޝަލް އެޑްމިނިސްޓުރޭޓަރުގެ މަގާމަށް އައްޔަންކުރާ މީހެއްގެ އަސާސީ މުސާރައަކީ މަހަކު 30،500 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ މެންދުރު 1:00 އަށެވެ. އަދި މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ ޖޭއެސްސީއަށެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ތަސްދީގު ކުރުމާއެކު، ސުޕްރީމް ކޯޓުގެ ދަށުން ހިންގި ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ވަނީ ގެއްލިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް