Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 18:44
ލޯކަލް މާރުކޭޓު
ލޯކަލް މާރުކޭޓު
ޝުއައިބް މުހައްމަދު އިގްބާލް
މާރުކޭޓު
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅި ދޫނުކުރެވި ލަސްވަނީ ކައުންސިލުގެ އެތެރޭގެ މައްސަލަތަކާހުރެ: ނިޔާޒު
މާރުކޭޓު ބަންދުކޮށްފައިވަނީ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު

ދަތުރުވެރިންގެ މާރުކޭޓުން ޚިދުމަތް ލިބިގަތުމަށް، ނުވަތަ ގޮޅިތައް ދޫކުރުމުގައި ގިނަ ދުވަސް ނަގަނީ ކައުންސިލުގެ އެތެރޭގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި މާރުކޭޓުގެ ޚިދުމަތް ލިބެން އެހާ ގިނަ ދުވަސް ނަގަނީ ކީއްވެގެންތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޔާޒް ވިދާޅުވީ، ކައުންސިލުގެ އެތެރޭގައި ހުރި މައްސަލަތަކާހުރެ ގޮޅިތައް ޙާވާލުކުރުން ލަސްވާކަމަށެވެ. އަދި މާރުކޭޓު ހުޅުވޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ. ނިޔާޒް އިތުރަށް ވިދާޅުވީ، ދޫކުރާ ގޮޅިތަކުގެ އަދަދު ކަނޑައަޅާފައިވާކަމަށާއި، އެކަން ކައުންސިލުންވެސް ފާސްކޮށްފައިވާ ކަމަށެވެ.

Advertisement

ނިޔާޒް ވިދާޅުވީ ފާއިތުވެދިޔަ ތިން މަސް ދުވަސް ބޭކާރު ވެގެން ދިޔައީ ތަންފީޒީ މަރުހަލާ ލަސްވުމުގެ ސަބަބުން ކަމަށެވެ. ތިން ބުރިއަށް މާރުކޭޓު ހެދުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަން ވާހަކަ ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ މަދުވެގެން 6 މަސް ނުވަތަ 7 މަސް އެކަމަށް ނަގާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި އެ މަސައްކަތް އަވަހަށް ނިމޭނެ ކަމަށް ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ މިހާރު ކައުންސިލުން ފާސްކޮށްފައި އޮތް ގޮތަށް ގޮޅިތައް ބަދަލުކުރުމަށްފަހު، ދޫކުރާނަމަ، މިކަން އަވަސް ވާނެ ކަމަށެވެ. ނިޔާޒް ވިދާޅުވީ ގޮޅިތައް ދޫނުކުރެވި ލަސްވި ސަބަބަކީ، މޭޔަރާއި ކައުންސިލްގެ އެހެން މެމްބަރުންނާއި ދެމެދު ޚިޔާލު ތަފާތުވުމުގެ ސަބަބުން ކަމަށެވެ.

އޭރުން ހަމަ ފަނަރަ ދުވަހުގެ ތެރޭގައި ވެސް ދެވިދާނެ. މުގައްރިރުވެސް ވިދާޅުވި އެ ސިޓީގައި 9 ފޫޓު 9 ފޫޓު ހުރި ވާހަކަ. މިހާރު އަޅުގަނޑުމެން ފާސްކޮސްފައިވާ ފާސްކުރުމަކީ 6 ފޫޓު 8 ފޫޓު، އެއަށް ވުރެ މާކުޑަ އަދަދެއް. އެވަރުވެސް ބޮޑުވެގެން މޭޔަރު ބޭނުންވަނީ 4 ފޫޓު 8 ފޫޓު ގޮޅިއަކަށް ހަދާލަން. އަޅުގަނޑުމެން ކައުންސިލްގެ މެޖޯރިޓީން ފާސްކުރި ފާސްކުރުން 6 ފޫޓު 8 ފޫޓުގެ ގޮޅިއަކަށް ހަދާ 117 ގޮޅި ހަދާ، އެ ތަންދޭން ނިންމި ނިންމުން މޭޔަރު ގަބޫލު ނުކުރައްވާ، މޭޔަރު ގަބޫލުފުޅު ކުރައްވަނީ 4 ފޫޓު 8 ފޫޓުގެ ގޮޅި އަކަށް ކުޑަކޮށްފައި ވިޔަސް ގިނަ ބަޔަކަށް ދޭން. އެހެންމަ ކުޑަ ކުރާ ކުޑަ ކުރުން ގިނަ ކައުންސިލަރުންނަށް ގަބޫލު ނުކުރެވޭތީ، އަޅުގަނޑުމެން ފާސްކުރި ފާސްކުރުން ތަންފީޒު ނުކޮށްގެން ދިޔަ ލަސްވުމެކޭ މިދިޔައީ."

ނިޔާޒް ވިދާޅުވީ ގޮޅި ދޫކުރުމުގެ މައްސަލަ ޙައްލުވާތަން ނުފެންނަ ކަމަށާއި، ކައުންސިލަރުން އެދޭ ގޮތަކީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިމިގެން ދިއުން ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް