Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 18:19
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ)
ޙުސައިން މަޚްތޫމް
ނަރެންދުރަ މޯދީ
އިންޑިއާއިން ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމައިފި
ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯދީ ވިދާޅުވި
އުމްރާނީ ވަސީލަތްތައް ގާއިމްކޮށް މީހުން ބިނާ ކުރުމަށް އިންޑިއާ އިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނަން
މި ހަފްތާގައި އިންޑިއާގެ ތިން ސިޓީއަކުން ޑައިރެކްޓް ފުލައިޓް ރާއްޖެއަށް ފަށާފައިވޭ

އިންޑިއާއިން ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާންކުރެއްވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ގައުމުން ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

Advertisement

އެގޮތުން ހުޅުމާލޭގައި ކެންސަރުގެ ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯދީ ވިދާޅުވިއެވެ.

ޑިމޮކުރަސީ އާއި ރާއްޖޭގައި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް މީހުން ބިނާ ކުރުމަށް އިންޑިއާ އިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނަން. ކުރިޔަށް އޮތް އަހަރު ތަކުގައި، އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފައިދާތައް ލިބިގެންދާނެ،
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

މޯދީ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށްވުރެ އިތުރުވެފައިވާ ކަމަށާއި، މި ހަފުތާގައި އިންޑިއާގެ ތިން ސިޓީއަކުން ޑައިރެކްޓް ފުލައިޓް ރާއްޖެއަށް ފަށާފައިވާކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ފަށާފައިވަނީ މުމްބާއީ، ދިއްލީ އަދި ބެންގަލޫރުންނެވެ. މޯދީ ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިރުވެ 5 ވަނައިގައި އޮތުމަށްފަހު 2 ވަނައަށް ވެއްޓިފައިވާ ކަމަށެވެ.

މޯދީ ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އާއި ތަރައްގީގައި ފާހަގަކޮށްލެވޭ އަހަރެއް ކަމަށެވެ. އަދި ހަމަ އެހެންމެ މިދިޔަ އަހަރަކީ އިންޑިއާ-ރާއްޖެ ގުޅުމަށް ބަލާ އިރު ވެސް ފާހަގަކޮށްލެވޭ އަހަރެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއާއެކު ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މޯދީ ދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް