Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 16:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ވިޔަފާރި ރަޖިސްޓްރީ
އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރަންޖެހޭ އިސްލާހު ތަސްދީގު ކުރައްވައިފި
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައި

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރައްވައިފި އެވެ.

މިބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 72 ވަނަ ޖަލްސާގަ އެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ގެނަސްފައިވާ މި އިޞްލާޙާއެކު އެކި ގޮތްގޮތަށް ހިންގޭ ވިޔަފާރީގެ ތަފާތު މުޢާމަލާތްތައް ބެލެހެއްޓި، ރާއްޖޭގައި ބޭރުގެ ވިޔަފާރިތައް ހިންގުމަށް ރަޖިސްޓްރީ ކުރާނެ އުސޫލުތައް އެކަށައެޅިގެންދާނެއެވެ. އަދި ވިޔަފާރީގެ ހަރަކާތްތަކާއި ތަންތަން ދަފްތަރުކުރުމުގައި ޢަމަލުކުރަންޖެހޭގޮތް ވެސް މި ޤާނޫނުން ކަނޑައެޅިގެންދާނެއެވެ.

Advertisement

މި އިސްލާހާއެކު ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ރަޖިސްޓްރީކޮށްގެން ނޫންގޮތަކަށް ބިދޭސިންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނީ ފޮރިން އިންވެސްޓްމެންޓާ ބެހޭ ޤާނޫނުގެ ދަށުން ހުއްދަ ހޯދައިގެންނެވެ.

މީގެ އިތުރުން ވިޔަފާރިކުރާ ތަންތަނުގެ ދަފްތަރެއް ގާއިމު ކުރަންޖެހޭނެ ކަމަށާއި ވިޔަފާރިތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެ ނިޒާމެއް ރެޖިސްޓްރާ ގާއިމް ކުރަންޖެހޭނެ ކަމަށް އިސްލާހުގައި ވެއެވެ.

މި ބިލު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް