Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 17:39
ގާސިމް އާއި ތޯރިޤް އަދި އާމިރު
ގާސިމް އާއި ތޯރިޤް އަދި އާމިރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އާމްދަނީން ޓެކްސް ނެގުމުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ގާސިމާއި، ޠާރިގް އަދި އާމިރު
މަޖިލީހުގެ ތަޅުމުގައި ހުށަހެޅި ގިނަ އިސްލާހުތަކުގެ ތެރެއިން ގިނަ އިސްލާހުތަކަށް ގާސިމް ވޯޓެއް ނުދައްވާ
އާމިރު ވަނީ ވޯޓް ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ވިދާޅުވެފައި
އާމްދަނީގެ ގޮތުގައި މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން ލިބޭ ފަރާތްތަކުން ޓެކްސް ނެގިގެންދާނެ

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމާއި، ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރ އަހުމަދު އާމިރާއި، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރ އަހުމަދު ޠާރިޤް ވޯޓު ދެއްވައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މިބިލު ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓުންނެވެ.

އިންކަމް ޓެކްސް ނެގުމާއި ދެކޮޅަށް މީގެކުރިންވެސް ގާސިމް ވަނީ ވާހަަކަފުޅު ދައްކަވާފަ އެވެ. މިބިލުގެ ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ގިނަ އިސްލާހުތަކެއް ހުށަހެޅި ވޯޓަށް އަހާފައިވާއިރު އޭގެތެރެއިން ގިނަ އިސްލާހުތަކަށް ގާސިމް ވޯޓެއް ނުދެއްވަ އެވެ. މަޖިލީހުގެ ތަޅުމުގައި ކޮމިޓީ ރިޕޯޓަށް އިސްލާހުތައް ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްވެސް ވަނީ އިސްލާހުތައް ހުށަހަޅުއްވަމުން އެކަން ފާހަގަކުރައްވާ އިސްލާހުތަކަށް ތާޢީދުކޮށްދެއްވުމަށް ގާސިމް އަރިހުން އެދިވަޑައިގަންފައެވެ.

Advertisement

ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި އާމިރު ވަނީ ވޯޓް ސިސްޓަމްގައި މައްސަލަ ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ އެކަން ބެއްލެވުމަށްފަހު ވިދާޅުވީ އާމިރު ވޯޓު ލައްވާފައިވާ ކަމަށާއި ވޯޓު ލައްވާފައިވަނީ ބިލު ފާސްކުރަން ނުފެންނަ ކަމަށް ކަމަށެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގާގޮތަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން ލިބޭ ފަރާތްތަކުން ޓެކްސް ނެގިގެންދާނެ އެވެ. ދެން ހުރި ޓެކްސްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ނެގުމަށް ވަނީ ފާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް