Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 16:00
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
އިންޑިއާ ރާއްޖެ އެއްބަސްވުން
އިންޑިޔާއާއި ރާއްޖެއާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފި
މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފަިއވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް
"ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމުގެ އެއްބަސްވުމުން ބަދަލުކުރެވިފައިވޭ
ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުން އަދި އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކޮށްފައިވޭ

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންފައިވެއެވެ.

Advertisement

މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި، ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުންވެސް ހިމެނެ އެވެ.

އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދާއި، ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާޢިމުކުރުމުގެ އެއްބަސްވުން ބަދަލުކޮށްފައިވަނީ ރާއްޖޭގެ ފަރާތުން ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ. އަދި އިންޑިއާގެ ފަރާތުން އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެވެ. އޭގެއިތުރުން ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުން ރާއްޖެގެ ފަރާތުން ބަދަލުކުރެއްވީ ބީއެމްއެލްގެ ސީއީއޯ އެވެ.

އޭގެއިތުރުން އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދާއި، ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނަވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެވެ.

ވީޑިޔޯ ކޮންފަރެންސްކޮށް މެދުވެރިކޮށް މި ބޭއްވުނު ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވޭ ފުރަތަމަ ރަސްމިއްޔާތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް