ބޮލީވުޑް އެކްޓްރެސް ސޯނާކްޝީ ސިންހާ ކުރިއަށް އޮތްތާ ބޭނުން ވަނީ ކުއިޒް ޝޯ އެއް ނުވަތަ ޑެއަރ ބޭސްޑް ރިއަލިޓީ ޝޯ އެއް ހުށަހަޅައިދިނުމަށް ކަމަށް އޭނާ ބުނެފިއެވެ.
ސޯނާކްޝީ ވަނީ 2015 ވަނަ އަހަރު " އިންޑިއަން އައިޑޮލް ޖޫނިއަރ" ޝޯގެ ޖަޖްކަން ކޮށްފައެވެ.އެއަށްފަހު މިހާރު މިވަނީ އިންޑިއާގެ ސެލްބްރިޓީ ކަޕުލްގެ ނެށުން ދައްކުވައިދޭ ޝޯއެއްކަމަށްވާ " ންޗްބަލިއޭ8" ގެޖަޖުކަން ކުރުމުގެ ފުރުސަތު ލިބިފައެވެ.
ޕީޓީއައި އިން ކޮންކަހަލަ ޝޯތަކެއް ތަޖުރާކުރަންތޯ ބޭނުންވަނީ ސުވާލު ކުރުމުން ޗޯނާކްޝީ ބުނެފައިވަނީ ކޯންބަނޭގާ ކަރޯޑްޕަތީ ކަހަލަ ކުއިޒް ގެނެސްދޭ ޝޯތައް އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.މީގެ އިތުރުން ކުޅިވަރާއި ޑެއަރ ބޭސްޑް ޝޯތަކާއި އެކްޝަން އަދި ސްޓަންޓްތައް ހުށަހަޅާއިދޭން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
އުމުރުން 29 އަހަރުގެ ސޯނާކްޝީ ބުނެފައިވަނީ ކޮރިއޯގްރާފަރ ޓެރެންސް ލެވިސް އަދި ޑާއިރެކްޓަރ މޮހިތް އާއި އެކު "ނަޗްބަލިޔޭ ސީޒަން 8 ގެ ޖަޖުކަން ކުރަން ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
އަދި މިޝޯގެ އިން ބައިވަރު ސެލްބްރިޓީ ކަޕުލްގެ ދިރިއުޅުމާއި ބޭހެގޮތުން ވަރަށް ގިނަ އެއްޗިހި އެނގިގެން ގޮސްފި ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ފޯސް2" ގެ ތަރި ސޯނާކްޝީއަކީ ތަފާތު ގިނަ ނެސުންތަކެއް ހުށަހަޅާފައިވާ ތަރިއެކެވެ. ސޯނާކްޝީ ބުނެފައިވަނީ އޭނާ ވަރަށް ނަށާހިތްވާ ކަމަށާއި އަދި ނެށުންތައް ބަލައިގަންނަމުންދާތީ އެކަންވަނީ ފާހަގަ ކޮށްފައެވެ.
ހުރިހާ ވައަތްރެއްގެ ނެށުމާއި އަދި ރޮމޭންސް ފެނިގެންދާ މި ޝޯ ބެލުންތެރިން ބަލާލަން ކަމުދާނެ ޝޯ އެއް ކަމަށް ސޯނާކްޝީ ވަނީ ބުނެފައެވެ.