Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 10:27
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައީސް އޮފީސް
އިންކަމް ޓެކްސް
އިންކަމް ޓެކްސް ގާނޫނު ފާސްކުރަނީ
ސަރުކާރުން ހުށަހެޅި ޕަސެންޓޭޖްތަކާއި ޓެކްސް ބްރެކެޓްތަކަށް ވެސް ބަދަލުތަކެއް ނެގެނެސްފައިވޭ
60،000ރ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ދައްކަންޖެހޭ

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނުވަތަ ފަރުދުންގެ އާމްދަނީން ދައުލަތަށް ޓެކްސް ނެގުމުގެ ނިޒާމެއް ގާއިމުކޮށް، އެ ޓެކްސް ނެގުމުގެ އުސޫލުތައް ބަޔާންކުރުމުގެ ވަކި ގާނޫނެއް ތައާރަފް ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސްކުރުމަށްޓަކައި ބުދަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ފަރުދުންގެ އާމްދަނީގެ ޓެކްސް ނެގުމުގެ އެބިލްގައި ވާގޮތުން، މަހަކު 60،000ރ މަތީގެ އާމްދަނީއެއް ލިބޭ ކޮންމެ ފަރުދެއްގެ އަތުންވެސް ޓެކްސް ނެގޭނެ އެވެ. އެބިލްގައި ކުރިން އޮތީ، 40،000ރ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުން ކަމަށްވިޔަސް ފަހުން އެ އަދަދު ވަނީ 60،000ރ އަށް މަތިކޮށްފަ އެވެ. އަދި ޓެކްސް ނެގޭ ޕަސެންޓޭޖްތައް މަތިކޮށް، ގިންތިތަކަށް ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ.

ސަރުކާރުގެ ފަރާތުން އެބިލް މަޖިލީހަށް ހުށަހެޅުމުން، އެބިލް ދިރާސާކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީން ނެވެ. އެކޮމެޓީން އެބިލް ދިރާސާކުރުމަށްފަހު ވަނީ ފާސްކޮށްފަ އެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގު ކުރައްވާ، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާ ދުވަހުން ފެށިގެން މިބިލް ގާނޫނަކަށް ބަދަލުވެ، އަމަލު ކުރަން ފެށޭނެ އެވެ.

ނަމަވެސް އިންކަމް ޓެކްސް ނަގަން ފަށާނީ އަންނަ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ނެވެ.

ޓެކްސް ބްރެކެޓްތަކަށް މަޖިލީހުގެ މުޅި ކޮމިޓީއިން ގެނެސްފައިވާ ބަދަލު:

• 60،000ރ އިން ދަށުގެ އާމްދަނީ އިން- 0 ޕަސެންޓް.

• 60،000ރ އާއި 100،000ރ އާދެމެދުގެ އާމްދަނީ އިން- 5.5 ޕަސެންޓު.

• 100،000ރ އާއި 150،000ރ އާދެމެދުގެ އާމްދަނީ އިން- 8 ޕަސެންޓު.

Advertisement

• 150،000ރ އާއި 200،000ރ އާދެމެދު އާމްދަނީ އިން- 12 ޕަސެންޓު.

• 200،000ރ އިން މަތީގެ އާމްދަނީ އިން- 15 ޕަސެންޓް.

ސަރުކާރުން ބިލު މަޖިލީހަށް ހުށަހެޅިއިރު ޓެކްސް ބްރެކެޓުތައް އޮތްގޮތް:

• 40,000ރ އިން ދަށުގެ އާމްދަނީ އިން- 0 ޕަސެންޓު

• 40،000ރ އާއި 60،000ރ އާދެމެދުގެ އާމްދަނީ އިން- 8 ޕަސެންޓު

• 60،000ރ އާއި 100،000ރ އާދެމެދުގެ އާމްދަނީ އިން- 10 ޕަސެންޓު

• 100،000ރ އަށްވުރެ މަތީގެ އާމްދަނީ އިން- 15 ޕަސެންޓު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިހާރު ފާސްކުރުމުގެ މަރުހަލާގައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ. ނަމަވެސް، ޓެކްސް ނެގޭ އާމްދަނީގެ އަދަދު މަތިކުރަން ނިންމުމާއިއެކު، މި އަދަދަށް ބަދަލެއް އަންނާނެއެވެ. އެގޮތުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މި އަދަދު މަތިކުރުމުން، ޓެކްސް ނެގޭ އާބާދީގެ ގިނަ ބަޔަކު އިސްތިސްނާ ވެގެން ދާނެ ކަމަށާއި، މީގެ ސަބަބުން އަންދާޒާކުރި އަދަދަށް ވުރެ ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދާނެ ކަމަށެވެ.

އިންކަމް ޓެކްސަކީ ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ މިބިލުގެ މައިގަނޑު ބޭނުމަކީ، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމެވެ. އިންކަމް ޓެކްސް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް