Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 01:11
ރައީސް އިބްރާހިމް މުހައްމދު ސާލިޙާއި ހަސަން ސާއިދު
ރައީސް އިބްރާހިމް މުހައްމދު ސާލިޙާއި ހަސަން ސާއިދު
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދ ސޯލިޙް
ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ސާޢިދަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
މިއީ ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވި
ސާޢިދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ޙަސަން ސާޢިދަށް، ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބަުނީ ސާޢިދާއި ފޯނުން ގުޅުއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސާޢިދު ހޯއްދެވި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވި ކަމަށެވެ.

އަދި، މިއީ މި މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވަނީ ޤައުމަށް ރީތި ނަން ހޯދައިދިނުމުގައި ސާޢިދު ދައްކަމުންދާ ހިތްވަރަށް ސާބަސް ދެއްވައި އޭނާގެ ބުރަ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

Advertisement

އަދި، ސާޢިދު ކުރަމުންދާ މަސައްކަތްތަކާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ މި ގޮތުގައި ދެމިހުރުމަށް އިރުޝާދު ދެއްވައި، ކުރިއަށް އޮތް ތަނުގައި ގަދައަޅައި މަސައްކަތް ކުރުމަށް އޭނާއަށް ހިތްވަރު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ސާޢިދު ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރު ރިލޭ ދުވުމުގައެވެ. ސާކްގެ ހަތް ޤައުމުން އެތުލީޓުން ވާދަކުރާ 13 ވަނަ ސައުތު އޭޝިއަން ގޭމްސް ކުރިއަށްދަނީ ނޭޕާލްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް