Advertisement
ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 19:03
އެމްއެންޑީއެފްގެ ޕެރޭޑެއްގެ ތެރެއިން
އެމްއެންޑީއެފްގެ ޕެރޭޑެއްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ބަންގްލަދޭޝްގެ އަސްކަރީ އެކެޑަމީތަކުގައި އުގެނުމުގެ ފުރުޞަތު ދިވެހިންނަށް!
ހަތަރު ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
އޭލެވެލް 03 މާއްދާއިން ފާސްވާންޖެހޭ ނުވަތަ ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުން ހިމެނޭ
22 އަހަރު ނުފުރޭ މީހެއް ކަމުގައިވާން ޖެހޭ

ބަންގްލަދޭޝް ނޭވަލް އެކެޑަމީ އާއި ބަންގްލަދޭޝް އެއަރފޯސް އެކެޑެމީން ހިންގާ ހަތަރު ކޯހެއްގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ލިބުނު ފުރުޞަތުގައި، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މިކަން ކުރިޔަށްގެންދާ އެމްއެންޑީއެފުން ބުނީ ޖުލައި 2020ން ޖޫން 2024 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަތަރު ކޯހުގެ ތެރޭގައި ހިމެނެނީ، ބަންގްލަދޭޝް ނޭވަލް އެކެޑަމީން ހިންގާ ޕްރީ ކޮމިޝަނިންގ ކޯހާއި، ބީއެންއޭ ބޭސިކް ކެޑޭޓް އެންޑް ޓްރޭނިންގ އާއި އޮފިސަރސް ބޭސިކް ޓްރޭނިންގ ކޯސް ކަމަށެވެ. މިއިން ކޮންމެ ކޯހެއްގައި ވެސް 2 ޖާގަ ހުޅުވާލާފައިވާ ކަމަށް އެމްއެންޑީފުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ބަންގްލަދޭޝް އެއަރފޯސް އެކެޑެމީން ހިންގާ އެއަރވިންގ ކެޑޭޓް ޓްރޭނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ކޯހަށް ފުރުޞަތު ހުޅުވާލާފައިވަނީ 1 ޖާގައަށެވެ.

އެމްއެންޑީއެފުން ބުނީ މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކުގެ ތެރޭގައި އޭލެވެލް 03 މާއްދާއިން ފާސްވެފައިވުން (ދިވެހި އިސްލާމް ނުހިމަނާ) ނުވަތަ ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމުގެ އިތުރުން 01 ޖުލައި 2019 އަށް 22 އަހަރު ނުފުރޭ މީހަކަށްވެފައި، ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވުން ވެސް ހިމެނޭ ކަމަށެވެ. އަދި ޒަވާޖީ ހަޔާތެއް ފަށާފައިވާ ނުވާ ފަރާތަކަށްވުމަކީ ވެސް ކޯހުގެ ޝަރުޠެއްކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އެމްއެންޑީއެފް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި ތައުލީމީ ސެޓްފިކެޓްތަކާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ ގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑު ޖެހި އަޞްލު ހުށަހަޅަންވާނެއެކަމަށެވެ.

Advertisement

އަދި މިސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ޙާޞިލުކުރުމަށްފަހު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އަށް ޚިދުމަތްކުރަން އެއްބަސްވާކަމަށް ކެނޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަޔަށް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2019 ޑިސެމްބަރު 08 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިކޯސްތަކަށް ހޮވޭ ފަރާތްތައް އެމްއެންޑީއެފް ގައި ވަޒީފާއަދާކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެކަމަށެވެ. އަދި ކޯސް ފުރިހަމަކުރުމުން ކަމިޝަން ކުރެވި، ސިފައިންގެ އޮފިސަރެއްގެ ގޮތުގައި އެބޭފުޅަކު ހަމަޖެހިގެންދާނެ ކަމަށެވެ.

މި ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަަމަ 9871235 ނަންބަރަށް ގުޅުމަށް އެމްއެންޑީއެފުން ވަނި އެދިފައެވެ. ކޯސްތަކުގެ އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ވެބްސައިޓްއިން ޑައުންލޯޑް ކުރެވެން އެބަހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް