Advertisement
ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 17:29
ފުލުސް އޮފީސް
ފުލުސް އޮފީސް
މޯލްޑިވްސް ޓައިމްސް
ފުލުހުން
މާރާމާރީ ހިންގުމަށްފަހު 43 ހާހަށްވުރެ ގިނަ ރުފިޔާ އާއި ފޯނެއް ފޭރުނު މައްސަލަ ބަލަނީ
މިހާދިސާ ހިނގީ މާލޭގެ އަމީރު އަހުމަދު މަގު މަޖީދިއްޔާ ސްކޫލް ކައިރިން

މާރާމާރީ ހިންގުމަށްފަހު މީހެއްގެ އަތުން 43 ހާހަށްވުރެގިނަ ރުފިޔާ އާއި ފޯނެއް ފޭރިގަތް މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލޭގެ އަމީރު އަހުމަދު މަގު, މަޖީދިއްޔާ ސްކޫލް ކައިރިން މީހަކަށް ހަމަލާދީ ވައްޓާލާ އޭނާގެ އަތުގައި ހުރި 2،800 ޔޫއެސް ޑޮލަރާއި ފޯނެއް ފޭރިގަތް މައްސަލަ އަންގާރަ ދުވަހުގެ މެންދުރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

މިމައްސަލާގައި މިހާތަނަށް އާއިރު އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް