ވެލާނާ އިންޓަރނޭޝަލް އެއރޕޯޓްގެ އެންޓްރެންސްގައި ފުލުހުންގެ ޗެކްޕޯސްޓެއް ހުޅުވައިފިއެވެ.
މިކަމަށް ހާއްސަކޮށް އަންގާރަ ދުވަހުގެ ހެނދުނު އެއާރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރަފުވެރި މެހެމާނު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ އެމްއޭސީއެލްގެ އެހީތެރިކަމާއެކު އެއާރޕޯޓްގައި މަސައްކަތް ކުރާ ފުލުހުންނަށް އެ ފުލުހުންނަށް ބޭނުންކުރެވޭނެ އޮފީސް އިމާރާތެއް ލިބިގެން އައުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި އެމްއޭސީއެލްއަށް ވަރަށް ބޮޑަަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންނާން ވިދާޅުވީ ކުށް ކުރާ މީހުންގެ ވައްޓަފާޅި ވޭތުވެގެންދިޔަ 10 އަހަރަށް ބަލާއިރު ވަރަށް ބޮޑުތަނުން ބަދަލުވެގެން ގޮސްފައިވާކަމަށާއި ޓެކްނޮލޮޮޖީގެ ގޮތުން ޒަމާން ކުރިއަރަމުން އަންނަ ވަރަކަށް ކުށްކުރާ މީހުން ގެންގުޅޭ އުކުޅުތަށްވެސް ބަދަލުވެފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ އެއްކަމަކީ ރާއްޖެއަށް މީހުން އެތެރެވާ މައި ދޮރާށިތައް ނުވަތަ އެއާރޕޯޓްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުންކަމަށް މަންނާނު ފާހަގަކުރެއްވިއެވެ.
އެކި އެކި ޓެކްނޮލިޖީގެ ސަބަބުން އިގްތިސާދީ ފަސޭހަތަށް އިޖްތިމާއީ ރަނގަޅު ބެނިފިޓްތައް ލިބެމުން އަންނައިރު ހަމަ އެއީ ކުށްކުރާ މީހުންގެ ވައްޓަފާޅި ބަދަލުވެ ކުށްކުރަން ފަސޭހަވެ ކުށްކުރާ ގޮތް ބަދަލުވެގެން ދިޔަ ސަބަބެއް. އެހެންވެ މޯލްޑިވިސް ޕޮލިސް ސާރވިސްގެ އިސް ވިސްނުމެއްގެ ގޮތުގައި ދުށީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި މި ރާއްޖެ ބޭއްވުމަށް އެންމެ އިސްކަމެއް ދޭންޖެހޭނެ އެއްތަނެކޭ އެއާޕޯޓްތަކަކީ. ގިނަ އަދަދެއްގެ ބަޔަކު އައިސް ގޮސްވާ ތަނަކަށް އެއާރޕޯޓްވެފައި އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މޯލްޑިވިސް ޕޮލިސް ސާރވިސް އިން އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި މިގައުމު ބޭއްވުމަށް ކުރާ މަަސައްކަތަށް ވަރަށް މުހިންމު ކަމެއް.ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް
ރާއްޖެ ރައްކައުތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް އެމްއޭސިލްއިން އެ ސަރަހައްދުގައި ޕޮލިސް ޗެކް ޕޯސްޓެއް ގާއިމުކުރަން ފުރުސަތު ދިނުމަކީ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމެއްކަމަށް މަންނާނު ވަނީ ވިދާޅުވެފައެވެ. ކުށްކުރުން މަދުކުރަންކުރާ މަސައްކަތަކީ ނުވަތަ އަމާން ރައްކައުތެރި ތަނެއްގެ ގޮތުގައި ތަނެއް ބާއްވަން ކުރާ މަސައްކަތަކީ އެކަކު ނިކުމެ ކުރަން ފަސޭހަވާނެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ މަންނާނު އިތުރަށް ވިދާޅުވީ ސްޓްރެޓީޖިކް ޕްލޭންގައިވެސް އެންމެ އިސްކަމެއް ދިން އެއްކަމަކީ ރައްޔިތުންނާއި ގުޅިގެން ރައްކައުތެރި މާހައުލެއް ބިނާކުރަންކަމަށެވެ.
ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު ހަމަ ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ އަޅުގަނޑުމެންގެ މިނިވަންކަމަށް އަޅުގަނޑުމެންގެ ފަސޭހަތކުން ކިހާވަރެއްހޭ ދޫކޮށްލާނި އަޅުގަނޑުމެންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި. މި އެއާރޕޯޓަށް އައިސް ގޮސް އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމާއި ގުޅިގެން އަޅަންޖެހޭ ބައެއް ފިޔަވަޅުތަކަކީ ބައެއް ފަހަރު އެންމެ ފަސޭހައިން އެކަން ކުރަން އޮންނަ ގޮތަށް ނުވެދާނެ. އެއަށްވުރެ ލުއިފަސޭހަ ގޮތެއް އޮއްވައި ސަލާމަތަށްޓަކައި ބަރު ގޮތެއް އިހްތިޔާރުކުރަންޖެހޭ ފަހަރުތައް އަންނާނެ. އެފަދަ ހާލަތްތަކުގައި އަޅުގަނޑު އިޝަރާތްމިކޮށްލީ އަޅުގަނޑުމެންނަށް އެންމެންގެ އެހީތެރިކަން ބޭނުންވާނޭ.ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ، ޕޮލިސް ޕޯސްޓެއް އެއާރޕޯޓްގައި ހުޅުވިގެން ދިޔުމަކީ އެއާރޕޯޓްގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ލިބިގެންދާ އިތުރު ފިޔަވަޅެއް ކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަކީ އިގްތިސާދީ މައި ދޮރާށިކަން ސިފަކުރައްވައި ސޮލާހު ވިދާޅުވީ އެއާރޕޯޓަކީ ވަރަށް ބޮޑު އަމާނާތެއްކަމަށާއި އެތަން ރައްކައުތެރިކުރަންޖޭހަކަމަށެވެ.
ފާއިތުވެގެންދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓްގެ ބިމުގެ ސަރަހައްދު ދެގުނަ ބޮޑުވެގެން ގޮސްފައިވާކަން ފާހަގަކޮށް ސޯލިހް ވަނީ އެއާރޕޯޓަށް ބޮޑެތި ބަދަލުތަކާއެކު ތަރައްގީކުރުމަށް މަސައްކަތްކުރަމުން ދާކަމަށް ވިދާޅުވެފައެވެ. ސޯލިހް ވިދާޅުވީ މިހާރު މާލެއިންވެސް އަދި ހުޅުމާލެއިންވެސް ސީދާ އެއާރޕޯތަށް އާދެވޭނެ ގޮތް އޮންނަކަމަށާއި އެކަމާއި ގުޅިގެން އެއާރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭކަމަށެވެ.