Advertisement
ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 11:12
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ކުންފުނިތައް
ސަރުކާރު ހިއްސާވާ 19 ކުންފުންޏެއް އުވާލަނީ
މި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ކުންފުނިތަކާއި ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދެވި ކުންފުނިތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން 19 ކުންފުންޏެއް އުވާލުމަށް ނިންމާ އެކުންފުނިތައް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ކޮމްޕެނީސް އިން ލިކިއުޑޭޝަން ލިސްޓުގައި އުވާލުމަށް ނިންމާފައިވާ ކުންފުނިތަކަކީ މިހާރު އެނަމުގައި މަސައްކަތް ކުރަމުންދާ ކުންފުނިތަކެއް ނޫނެވެ.

މި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދުގެ ސަރުކާރުގައި އުފެއްދެވި ކުންފުނިތަކާއި ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދެވި ކުންފުނިތަކެވެ. މީގެތެރެއިން 16 ކުންފުންޏަކީ 2016 ވަނަ އަހަރު އުވާލުމަށް ނިންމާފައިވާ ކުންފުނިތަކެވެ. އަދި 2018 ވަނަ އަހަރު އުވާލުމަށް ނިންމި 1 ކުންފުންޏާއި މިއަހަރު ސަރުކާރުން އުވާލުމަށް ނިންމި 2 ކުންފުންޏެއް މީގެތޭގައި ހިމެނެއެވެ.

Advertisement

އުވާލަން ނިންމާ އެމަސައްކަތް އެމަސައްކަތް މިހާރު ކުރިޔަށްދާ ކުންފުނިތަކުގެ ތެރޭގައި ކުރިން ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު ހިންގަމުން އައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އާއި ފެލިވަރު ފިޝަރީސް މޯލްޑިވްސް ލިމިޓެޑް، ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑް އަދި ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ހިމެނެއެވެ. މީގެއިތުރުން ހެލްތު ސަރވިސް ކުންފުނިތަކާއި އެމްއާރުޑީސީ އާއި ވޯކްސް ކޯޕަރޭޝަންވެސް ހިމެނެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ސަރުކާރު ހިއްސާވާ 33 ކުންފުނި އޮންނައިރު އޭގެތެރެއިން ފައިދާ ވަނީ 11 ކުންފުނިންކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ޚަރުދަނާކޮށް ފައިދާވާ ކުންފުނިތަކަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް