Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:58
ފުލުހުން ނައްތާލި މަސްތުވާތަކެތި
ފުލުހުން ނައްތާލި މަސްތުވާތަކެތި
ޕޮލިސް
ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
ނައްތާލީ 788 މައްސަލައެއްގައި އަތުލައިގެނެފައިވާ ތަކެތި
3715 ރަބަރު ޕެކެޓާއި، 1386 ސެލޯފިންކޮޅު
31 ދަޅުގައި ހުރި މަސްތުވާތަކެއްޗާއި، 21 ބިޑިއާއި، 147 ބޭސްގުޅަ ވެސް ވަނީ ނައްތާލާފައި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހު ނައްތާލައިފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2012 އިން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ކަމަށެވެ.

Advertisement

އެގޮތުން ދޫނިދޫގައި ނައްތާލާފައިވަނީ 788 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3715 ރަބަރު ޕެކެޓާއި، 1386 ސެލޯފިންކޮޅާއި، ފިލްމް ހުސްކުރި 31 ދަޅުގައި ހުރި މަސްތުވާތަކެއްޗާއި، 21 ބިޑިއާއި، 147 ބޭސްގުޅައާއި، އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 985 ބާވަތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ" ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން، މިތަކެތި ނައްތާލާފައިވަނީ ދޫނިދޫގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް