Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:37
މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިނިވަން މުއައްސަސާތަކާއި ބޯޑުތަކަށް ކުރިމަތިލާ ފަރާތްތަކުން ލޮބީ ކުރުމަށް މެމްބަރުންނަށް ނުގުޅުމަށް އާޒިމް އިލްތިމާސްކުރައްވައިފި
އާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނުކުރާގޮތް ބަދަލުކޮށްފައިވަނީ އެތަންތަނަށް ގާބިލް މީހުން ލުމަށްޓަކައި ކަމަށް
މެމްބަރުންނަށް ގުޅައިގެން ތަކުރާރުކޮށް ކެމްޕޭންކުރާ އުސޫލުން އެކަން ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށް އާޒިމް ވިދާޅުވި

މިނިވަން މުއައްސަސާތަކާއި އެކިއެކި ބޯޑުތަކަށް ކުރިމަތިލާ ފަރާތްތަކުން މެމްބަރުންނަށް ގުޅައިގެން ލޮބީ ނުކުރުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް އިލްތިމާސްކުރައްވައިފި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވާ އަލީ އާޒިމް މިގޮތަށް އިލްތިމާސްކުރެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. އާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ޢައްޔަނުކުރާގޮތް ބަދަލުކޮށްފައިވަނީ އެތަންތަނަށް ޤާބިލު ބޭފުޅުން ހަމަޖެއްސުމުގެ ވިސްނުމުގައި ކަމަށެވެ. އެގޮތުގެމަތިން މަސައްކަތް ކުރަމުންދަނީ ތަންތަނަށް އެންމެ ޤާބިލު މީހުން ނެގޭތޯ ކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement

އެހެންކަމުން މެންބަރުންނަށް ގުޅައިގެން ތަކުރާރުކޮށް ކެމްޕޭންކުރާ އުޞޫލުން އެކަން ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށް އާޒިމް ވިދާޅުވި އެވެ.

އަޅުގަނޑުމެން އެކަމަށް ނެގޭތޯ މިބަލަނީކީ އަޅުގަނޑުމެންގެ ތެރެއިން ކެމްޕެއިން ކޮށްގެން އެކަމަށް އެންމެ މޮޅުވާ މީހަކު ނަގާގޮތަކަށް ނޫން އަޅުގަނޑުމެންގެ ވިސްނުން ހުރީ. އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން އެފަރާތްތައްވެސް އަޅުގަނޑުމެންގެ މެމްބަރުންނަށް ގުޅައިގެން ލޮބީ ކުރުމުގެ މަސައްކަތް ނުކޮށް، އެކަންކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން އެންމެ ގާބިލް އެންމެ ރަނގަޅު ފަރާތަށް ނަގާފައި އަޅުގަނޑުމެން ތަންތަނަށް އައްޔަނުކުރެވޭތޯ ނޫނީ އިންތިޚާބު ކުރެވޭތޯ. އެހެން އަޅުގަނޑުމެން ނަހަދައިފިކަމަށްވާނަމަ އަޅުގަނޑުމެންގެ ގިނަ މެމްބަރުން ބޭނުންވާ މީހަކު ނަގާ ދޫކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި ގަބޫލުނުކުރެވޭތީ މިކަހަލަ ބަހުސްތަކާ ހިސާބަށް މިދާންޖެހެނީ.
މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް

އާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ބޯޑަށް އެންމެ ރަނގަޅު ފަރާތް ނެގުމަށް މެމްބަރުންނަށް ދޫކޮށްލާފައި ބޭއްވުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ދެކިވަޑައި ގަންނަވާކަމަށެވެ.

މިނިވަން މުއައްސަސާތަކާއި ބޯޑުތަކަށް ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނާއި، ޕާޓީތަކާއި ގުޅުންހުރި މީހުން މަޖިލީހުން ނަގާ މައްސަލައަކީ ޢާންމުން އަބަދުވެސް ކުރަމުންދާ ޝަކުވާ އެކެވެ. އެތަންތަނަށް ޤާބިލު ނޫން ބޭފުޅުން ޢައްޔަނުކުރުމުގެ ސަބަބުން، އެ މުއައްސަސާތައް ރަނގަޅަށް ހިނގަމުން ނުދާކަމަށާއި، ސިޔާސީ ނުފޫޒުގެ ތެރެއިން އެތަންތަން ހިނގަމުންދާކަމުގެ ޝަކުވާ އާންމުން އަބަދުވެސް ކުރަމުންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް