Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 09:34
ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް
ޓްވިޓަރ
ބިދޭސީންގެ މައްސަލަ
ގަވާއިދާ ޚިލާފަށް ގެސްޓްހައުސް ހިންގި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވޭ
ބުދަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ވޯކް ވިސާ ނެތި މަސައްކަތް ކުރާ 25 ބިދޭސީއަކު ހޯދާފައި

ޤަވާއިދާ ޚިލާފަށް ގެސްޓްހައުސް ހިންގަމުންދިޔަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރެޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި "ރޫޓިން އިންސްޕެކްޝަން" އެއްގައި އިމިގްރޭޝަންގެ ޤާނޫނާއި، ޤަވާއިދާއި ޚިލާފު ވެގެންނާއި، ޤަވާއިދާއި ޚިލާފަށް ރެޖިސްޓްރީ ނުކޮށް ގެސްޓްހައުން ހިންގަމުން ދިއުމާއި ގުޅިގެން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ވެސް އިމިގްރޭޝަނުން ވަނީ ވޯކް ވިސާ ނެތި މަސައްކަތް ކުރާ 25 ބިދޭސީއަކު ހޯދާފައެވެ.

Advertisement

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯކްޕާރމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާކުރިމަތިވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް