Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 09:36
ހުސައިން ޝަމީމް
ހުސައިން ޝަމީމް
ރައީސް އޮފީސް
ޕީޖީ
ޕީޖީގެ މަގާމަށް ޝަމީމް އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް
ޝަމީމްގެ ނަން ފޮނުވާފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައި
ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލެއްވީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު ކަމަށްވާ ހުސައިން ޝަމީމު މަގާމަށް އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ޢާންމުކޮށް ޢިޢުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހ. ހިޔާކަން ޙުސެއިން ޝަމީމު އެ މަޤާމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވާކަން އިއުލާން ކުރެއްވީ ރައީސް ކުރެއްވި ޓްވީޓަކުންނެވެ.

ހުސައިން ޝަމީމް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައެވެ. ޝަމީމުގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި މަސައްކަތް ކުރެއްވި މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު އަޙްމަދު ޒަނީނެވެ.

Advertisement

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް މަޤާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބުރާސްފަތި ދުވަހު ޕްރޮސިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވީ އާދީއްތަ ދުވަހުގެ މެންދުރު 2:00 އަށެވެ.

ޕީޖީ ބިޝާމް އިސްތިޢުފާ ދެއްވީ ބުރާސްފަތި ދުވަހުއެވެ. އެކަމަނާ އިސްތިޢުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާގެ ޚިދުމަތަށް ޝުކުރު ދަންނަވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މަޤާމުން އިސްތިޢުފާ ދެއްވުމުގެކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަޤާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާޢަތުތަކަކީ އިޚުލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ޤާނޫނުއަސާސީގެ ނައްޞާއި ރޫޙާއެއްގޮތަށް ކުރިއަށް ގެންދަވާ އިޖުރާޢަތުތަކެއްކަމުގައި ޤަބޫލުނުކުރެއްވޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް