Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 03:37
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބް
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
އިންތިޚާބު ފަސްކޮށްފައި ވަނީ މޭ 6 ވަނަ ދުވަހަށް

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަމުން ދަނީ އިންތިހާބު ކާމިޔާބު ނުވާނެކަން ރައީސް ޔާމީނަށް ގަބޫލު ކުރެވޭތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ތިން ވަނަ ފަހަރަށް ފަސް ކުރުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ދެފުށް ފެންނަ ގޮތަށް އިންސާފްވެރިކަމާ އެކު ބާއްވާ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ޔާމީންނަށް މިހާރު ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކުރަމުން ދަނީ ދޮގު މަށްޗަށް ދޮގު ހަދައިގެން ކަމަށާއި އަދި ތިން ވަނަ ފަހަރަށް އިންތިހާބު ފަސްކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަން ބުނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ހުމާ ރޯގާގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާ ދީގެން އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ވެސް މަޝްވަރާގެ މަތިން ކަމަށެވެ. އެގޮތުން މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މޭ މަހުގެ 6 ވަނަ ދުވަހު ކަމަށް އީސީ ހާމަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް