Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 01:35
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އޮފިސަރ އަބްދުލް ހަމީދު
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އޮފިސަރ އަބްދުލް ހަމީދު
ރާއްޖެއެމްވީ
އެޗްޕީއޭ
އެޗްއައިވީ އިތުރުވާ މިންވަރަށް ވުރެ ކަންބޮޑުވާން ޖެހެނީ އެބަލި ޖެހޭ ގޮތާއި މެދު: އެޗްޕީއޭ
ހަމީދު ވިދާޅުވީ މިއަހަރު އެޗްއައިވީގެ އަދަދު އިތުރުވެފައިވާ ކަމަށް
ހަމީދު ވިދާޅުވީ މިއަހަރުގެ އަދަދުތައް އަދި ހާމަނުކުރި ނަމަވެސް ޑިސެމްބަރު މަސް ނިމުމުން ހާމަކުރާނެ ކަމަށް

އެޗްއައިވީ އިތުރުވާ މިންވަރަށް ވުރެ ކަންބޮޑުވާން ޖެހެނީ އެބަލި ޖެހޭ ގޮތާއި މެދު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އޮފިސަރ ޢަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ރާއްޖޭގައި އެއިޑްސް ބަލީގެ ހާލަތީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ހަމީދު ވިދާޅުވީ، މިއަހަރު އެޗްއައިވީގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށާއި ނަމަވެސް އިތުރުވާ އަދަދަށް ވުރެ ކަންބޮޑުވާން ޖެހެނީ އެބަލި ޖެހޭ ގޮތާއި މެދު ކަމަށެވެ. އެގޮތުން ކުރީގަ އެޗްއައިވީ އަކީ އާއްމުކޮށް ރާއްޖެއިން ބޭރުން މީހުން ހިފައިން އަންނަ ބައްޔެއް ކަމުން އެދުވަސްވަރު ސަމާލުކަމެއް ދިނީ ބޭރުން އަންނަ މީހުންނާއި އޭރު ބޭރުގައި އުޅެފައި އަންނަ މީހުން ޓެސްޓު ކުރުމަށް ކަމަށް ހަމީދު ވިދާޅުވިއެވެ. ނަމަވެސް އޭގެއިން ކުރާ މާބޮޑު ފައިދާއެއް ނުފެންނާތީ އެކަހަލަ އުޞޫލުތަކަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ.

Advertisement

ހަމީދު ވިދާޅުވީ މިހާރު ފެންނަނީ ދިވެހި މުޖުތަމަޢުގައި އެއިޑްސް ބަލި ފެތުރޭ ތަން ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ހައެއްކަ އަހަރު އެޗްއައިވީ ޖެހިފައިވާ ގޮތަށް ބަލާލާއިރު ދިވެއްސަކާއި އެހެން ދިވެއްސަކާއި ގުޅުން ހުރި ގޮތުން އެޗްއައިވީ އެކަކު ގައިން އަނެކަކު ގަޔަށް އަރާފައިވާކަން ފާހަގަކުރެވޭކަމަށެވެ. މިއީ މިހާރު ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއްގެ ގޮތުގައި ހަމީދު ސުފަކުރެއްވިއެވެ.

މިއީ ވަރަށް ގުޅި ލާމެހިފައިވާ ކަމެއް. މިހާ ކުޑަ ކޮމިއުނިޓީއެއް ވީމަ އަޅުގަނޑުމެންގެ ބަހުރުވައިން ނަމަ 'ސެކްޝުއަލް ނެޓްވަރކްސް' ނުވަތަ ޖިންސީ ގުޅުމުން އެޗްއައިވީ އަރާ ކަހަލަ ހާލަތެއް ނަމަ 'ސެކްޝުއަލް ނެޓްވަރކްސް' މި ކިޔަނީ. ނޫނިއްޔާ މަސްތުވާތަކެތި ބޭނުންކުރުމުގައި އެއްކޮށް އުޅޭ ބަޔަކު ނަމަ މިކިޔަނީ 'އިންޖެކްޓިންގް ނެޓްވަރކް' އޭ. އެއީ އާއްމުކޮށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތެރޭގައި އެޗްއައިވީ މިފެތުރެނީ މަސްތުވާތަކެތި ބޭނުން ކުރާއިރުގައި އިންޖެކްޓު ކުރާއިރު އެ އިންޖެކްޓު ކުރާ އެއްޗެހި އެކަކު އަނެކަކަށް ޝެއަރ ކުރުމުގެ ތެރޭގައި. އެހެންމަ ދެ ވައްތަރުގެ ނެޓްވަރކްސް މިއުޅެނީ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޕަބްލިކް ހެލްތު އޮފިސަރ އަބްދުލް ހަމީދު

ރާއްޖޭގައި ފުރަތަމަ އެޗްއައިވީ ބަލި ޖެހިފައިވާ މީހަކު ރިކޯޑުކުރެވިފައިވަނީ 1991 ގައެވެ. ހަމީދު ވިދާޅުވީ އޭގެ ފަހުން، އެ ދުވަސްވަރު އެޗްއައިވީ ބަލި ހުރި ފަރާތްތައް ދެނެގަނެވޭ އަދަދު އިތުރުވި ކަމަށެވެ. ނަމަވެސް މިހާރު އެބަލި ޖެހިފައި ހުރި ފަރާތެއް ފެންނަނީ އާއްމުގޮތެއްގައި އަހަރަކު ދެމީހުން ވަރު ކަމަށެވެ. ނަމަވެސް ފާއިތުވި ދެ ތިން އަހަރަށް ބަލާލާއިރު އެ އަދަދު ގިނަވެފައިވާ ކަމަށް ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ މިއަހަރުގެ އަދަދުތައް އަދި ހާމަނުކުރި ނަމަވެސް ޑިސެމްބަރު މަސް ނިމުމުން އެޗްޕީއޭއިން ތަފުޞީލު ހާމަކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް