Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 01:20
ގާޒީ އަހުމަދު ހައިލަމް (ވ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ އަބްދުﷲ ދީދީ (ކ)
ގާޒީ އަހުމަދު ހައިލަމް (ވ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައިވާ އަބްދުﷲ ދީދީ (ކ)
މުހައްމަދު ޝަރުހާން
ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުން
ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައިފި
ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށާއި 60 ދުވަހަށް ސަސްޕެންޑް ކުރަން ވެސް ނިންމި
، ރ، މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަދުނާނު ހުސައިން ފަނޑިޔާރުކަމުން ވަކިކުރަންވެސް ޖޭއެސްސީން ވަނީ ނިންމާފަ

ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ކޮމިޝަނުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގަ އެވެ.

ފަނޑިޔާރުކަމުން ގާޒީ ހައިލަމް ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުން ބެލުމަށްފަހު، އެކަން ސާބިތުވާ ކަމަށް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާޤުން ނިންމުމާ ގުޅިގެން ނެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރުގެ ދުވަސް ކަމަށްވާ ނޮވެމްބަރު 3 ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަށްލުމާ ގުޅިގެން ނެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ އެކަން ފަޅާއަރައި، ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. ހައިލަމް ސަސްޕެންޑް ކުރި ދުވަހަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގ ދައުވާގެ ހުކުމް ކުރުމަށް އޮތް ދުވަހެވެ.

Advertisement

ހައިލަމް ސަސްޕެންޑް ކުރުމާގުޅިގެން ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ގާޒީ އަލީ ރަޝީދުއާ ވަގުތީ ގޮތުން ޖޭއެސްސީން ވަނީ ހަވާލުކުރައްވާފަ އެވެ. އަދި ރައީސް ޔާމީނުގެ އެދިވަޑައިގެންނެވުމުގެ މަތިން، ފަސް ގާޒީންގެ ބެންޗަކުން އެމައްސަލަ ދިރާސާކުރުމަށްފަހު، ހުކުމް ކޮށްފައިވަނީ ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.

ޖޭއެސްސީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އިތުރު ދެ ފަނިޔާރަކު ވެސް މަގާމުން ވަކިކުރުމަށް ނިންމާފައި ވެއެވެ. އެއީ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދާއި، ރ، މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިން އެވެ. މީގެއިތުރުން، ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވާ، ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދު 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް ނިންމާފައި ވެއެވެ.

ޖޭއެސްސީން ފަނޑިޔާރަކު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމި ނަމަވެސް، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާނީ، ޖޭއެސްސީގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގައި ވޯޓަށް އަހައި ފާސްވެގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް