Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 23:38
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން
އެމްއެންޑީއެފް
އިންސާނީ ވަގުފާރި
އިންސާނީ ވަގުފާރި ހުއްޓުވުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު ފާސްކުރީ 2013 ގައި
ކޮމިޓީގެ ރައީސަކީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ
ދައުލަތުގެ އެކިއެކި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދޭތޯ ކޮމިޓީން ބަލާނެ

އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ) ހުއްޓުވުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލައި، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭގޮތުން 2013 ވަނަ އަހަރު ފާސްކުރި ޤާނޫނުގެ ދަށުން އެކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލާފައިވާއިރު، އާދިއްތަ ދުވަހު ވަނީ ކޮމިޓީގެ ފުރަތަަމަ ބައްދަލުވުން ބާއްވާފައެވެ. މި ކޮމިޓީގައި 14 ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު، ކޮމިޓީގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އެވެ.

Advertisement

އެކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ބުނީ، މި ކޮމިޓީއަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން އެގޮތުގައި ހިނގަމުންދޭތޯ ބެލުމަށާއި، ޤާނޫނުގެ ދަށުން ދައުލަތުގެ އެކިއެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން އަޅަމުންދޭތޯ ބެލުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ކޮމިޓީއެއް ކަމަށެވެ.

ހިއުމަންޓްރެފިކިންގ ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެފަދަ މައްސަލަތައް ހުށައެޅުމަށް ޚާއްސަ ވެބްޕޯރޓަލްއެއްފުލުހުންވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން ހިއުމަން ޓްރެފިކިންގް ގެ ޝިކާރައަކަށްވާ މީހުންގެ 70 އިންސައްތައަކީ އަންހެނުން ކަމަށާއި، މިއީ ދުނިޔޭގައި 2 ވަނަ އަށް އެންމެ ބޮޑު އެއް ޖިނާއީ ޖަރީމާ ކަމަށް މި ޕޯރޓަލްގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް